އުރީދޫ "ހަދިޔާ ފޮށީ"ގެ އިނާމުތައް ހަވާލުކޮށްފި
އުރީދޫ "ހަދިޔާ ފޮށީ"ގެ އިނާމުތައް ހަވާލުކޮށްފި

މިދިޔަ ރޯދަ މަހު ގޭމެއްގެ ގޮތުގައި އުރީދޫގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ހިންގި "ހަދިޔާ ފޮށީ"ގެ އިނާމުތައް ލިބުނު ކަސްޓަމަރުންނަށް އިނާމުތައް ހަވާލުކޮށްފި އެވެ.

އުރީދޫ "ހަދިޔާ ފޮށީ"ގެ އިނާމުތައް ހަވާލުކޮށްފި
އުރީދޫ "ހަދިޔާ ފޮށީ"ގެ އިނާމުތައް ހަވާލުކޮށްފި

އުރީދޫގެ އިނާމުތައް ލިބުނު ފަރާތްތަކަށް އެ އިނާމުތައް ހަވާލުކުރީ މިއަދު އުރީދޫ ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތެއްގަ އެވެ. އިނާމު ލިބުނު ކަސްޓަމަރުންގެ ތެރެއިން ގިނަ ބަޔަކު އިނާމުތަކާ ހަވާލުވާން އެ ރަސްމިއްޔާތުގައި ވަނީ ބައިވެރިވެފަ އެވެ.

އުރީދޫ "ހަދިޔާ ފޮށީ"ގެ އިނާމުތައް ހަވާލުކޮށްފި
އުރީދޫ "ހަދިޔާ ފޮށީ"ގެ އިނާމުތައް ހަވާލުކޮށްފި

އުރީދޫން ބުނީ އެ ރަސްމިއްޔާތަށް ހާޒިރު ނުވެވުނު ކަސްޓަމަރުންނަށް އިނާމުތައް މިއަދު ހަވާލުކޮށް ނިންމާނެ ކަމަށެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި ސްކޫޕީ ސައިކަލު، ސްމާޓް ޓީވީ، އެޕަލް ޓީވީ އަދި އެއާ ޓެގް ލިބުނު ކަސްޓަމަރުންނަށް އިނާމުތައް ހަވާލުކުރި އެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި އުރީދޫގެ އެމްޑީ އަދި ސީއީއޯ ހާލިދް އަލް ހަމާދީ ވިދާޅުވީ ހަދިޔާ ފޮއްޓަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އަދި އެ ފަދަ ގޭމެއް ކަސްޓަމަރުންނަށް ތައްޔާރުކޮށް ގެނެސްދިނީ ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ދިނުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށް ވިދާޅުވި އެވެ.

"ވަރަށް އަގުހުރި އިނާމުތަކެއް އަޅުގަނޑުމެން މިއަށް ހުށަހެޅީ. ކޮންމެ ކަސްޓަމަރަކަށް ވެސް ކޮންމެސް އިނާމެއް މިއިން ވާނީ ލިބިފައި. އޭގެ ތެރޭގައި ޑޭޓާ ވެސް ހިމެނޭ. ހަދިޔާ ފޮއްޓަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު." ހަމާދީ ވިދާޅުވި އެވެ.

އުރީދޫގެ "ހަދިޔާ ފޮއްޓަކީ" އުރީދޫ މޮބައިލް އެޕަށް ރޯދަ މަހަށް ތައާރަފް ކުރި ގޭމެކެވެ. ކޮންމެ ކަސްޓަމަރަކަށް ވެސް ކޮންމެ ދުވަހަކު ވެސް ހަދިޔާ ފޮށި ހުޅުވުމުގެ ފުރުސަތު ދިނެވެ. އަދި ހަދިޔާ ފޮށި ހުޅުވާ ކޮންމެ ފަހަރަކު ވެސް ކަސްޓަމަރުންނަށް ޑޭޓާ ނުވަތަ އެހެން އިނާމެއް ވަނީ ލިބިފަ އެވެ.

އުރީދޫއިން ރޯދަ މަހުގެ ތެރޭގައި ވެސް ބައެއް އިނާމުތައް ހަވާލުކުރި އެވެ. ރޯދަ މަހު ހަވާލުކުރި އިނާމުތަކުގެ ތެރޭގައި އުރީދޫ 14 ޕްރޯ ހިމެނެ އެވެ.