ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިކުރަން ދެ މިނިސްޓަރުން މަޝްވަރާކުރައްވައިފި
ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިކުރަން ދެ މިނިސްޓަރުން މަޝްވަރާކުރައްވައިފި

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުން މިހާރަށްވުރެ ބަދަހި ކުރުމަށް އިންޑިޔާގެ ޑިފެންސް މިނިސްޓަރު ޝްރީ ރާޖްނާތު ސިންގް އާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ މަޝްވަރާ ކުރައްވައިފި އެވެ.

ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިކުރަން ދެ މިނިސްޓަރުން މަޝްވަރާކުރައްވައިފި
ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިކުރަން ދެ މިނިސްޓަރުން މަޝްވަރާކުރައްވައިފި

އެ މަޝްވަރާ ކުރައްވާފައި ވަނީ ތިން ދުވަހުގެ މުއްދަތަށް އިންޑިޔާގެ ޑިފެންސް މިނިސްޓަރު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި މިނިސްޓަރު މާރިޔާގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގަ އެވެ.

ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިކުރަން ދެ މިނިސްޓަރުން މަޝްވަރާކުރައްވައިފި
ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިކުރަން ދެ މިނިސްޓަރުން މަޝްވަރާކުރައްވައިފި

ސިފައިންގެ މައިމަރުކަޒު ބަންޑާރަ ކޮށީގައި ބޭއްވި އެ ބައްދަލު ވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން، ބަދަހި ކުރުމަށް ކުރެވިދާނެ އިތުރު ކަންކަމާބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.

- ދިފާއީ އަދި އިގްތިސޯދީ ދާއިރާއިން ގާބިލްކަން އިތުރުކުރުން

- ދެ ގައުމު ގުޅިގެން ތަފާތު ތަމްރީންތައް ހިންގުން

- އެއްބަޔަކު އަނެއް ބަޔަކުގެ މެދުގައި އޮތް އެކުވެރިގުޅުން ފަރުދީ ފެންވަރުގައި ވެސް އިތުރަށް ހަރުދަނާކުރުން

ދެ ގައުމުގެ މިނިސްޓަރުން ވަނީ އެކަންކަން ކުރުމުގެ މުހިންމު ކަން ފާހަގަ ކުރައްވައި އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މީގެ އިތުރުން އެ ބައްދަލުވުމުގައި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކާއި ދުނިޔޭގެ ސަލާމަތީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާބެހޭ ގޮތުން ދެ މިނިސްޓަރުން މަޝްވަރާ ކުރެއްވި އެވެ.

އަދި ސަރަހައްދުގެ ސުލްހަވެރިކަމާއި، ހަމަޖެހުމާއިއަމަންއަމާންކަން ދެމިއޮތުމުގެ މުހިންމުކަން ފާހަގަ ކުރައްވައި، ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމުގައި ދެގައުމު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުގެ މައްޗަށް ވެސް މަޝްވަރާކުރެއްވި އެވެ.

މަޝްވަރާ ކުރެއްވި އިތުރު ކަންކަމުގެ ތެރޭގައި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ބައިނަލްއަގްވާމީ ގާނޫނުތަކާއި، ގަވައިދުތަކަށް އިހުތިރާމް ކުރުމާއި ދެ ގައުމު ގުޅިގެން ގާނޫނުތައް ދެމެހެއްޓުމުގެ މުހިންމުކަން ހިމެނެ އެވެ.

ދިފާއީ އަދި އަސްކަރީ ދާއިރާއިން ދެގައުމުގެ ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގައި ހޯދަމުންދާ ކާމިޔާބީ ދެ މިނިސްޓަރުން ފާހަގަކުރެއްވި އެވެ.

ކައުންޓާޓެރަރިޒަމާއި ޑިޒާސްޓާ މެނޭޖްމަންޓްސައިބާ ސެކިއުރިޓީ އާއި މެރިޓައިމް ސެކިއުރިޓީގެ ދާއިރާއިން އެއް ގައުމުން އަނެއް ގައުމަށް މިހާރަށްވުރެ، ފުޅާ ދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފަ އެވެ.

އެ ބައްދަލުވުމުގައި މާރިޔާ ވަނީ އިންޑިއާ އިން ދިވެހި އަސްކަރިއްޔާއަށް ވެދެއްވާ އެހީތެރިކަން ފާހަގަ ކުރައްވައި އިންޑިއާގެ ސަރުކާރަށާއި އަދި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

މާރިޔާގެ އިތުރުން އެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި، ޑިފެންސްގެ ނައިބު ހަސަން ޒަމީލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުލް ލަތީފް ބައިވެރިވެވަޑައިގަތެވެ.