"ދިރާގު ބޮޑު ހަދިޔާ"ގެ އިނާމު ނަސީބުވެރިންގެ އަތަށް!
"ދިރާގު ބޮޑު ހަދިޔާ"ގެ އިނާމު ނަސީބުވެރިންގެ އަތަށް!

މި އަހަރުގެ ރޯދަ މަހަށް ދިރާގުން ހުށަހެޅި "ދިރާގު ބޮޑު ހަދިޔާ" ލިބުނު ނަސީބުވެރި ހަތަރު ފަރާތް ހޮވައި، އެ ފަރާތްތަކާ އިނާމުތައް ހަވާލުކޮށްފި އެވެ.

"ދިރާގު ބޮޑު ހަދިޔާ"ގެ އިނާމު ނަސީބުވެރިންގެ އަތަށް!
"ދިރާގު ބޮޑު ހަދިޔާ"ގެ އިނާމު ނަސީބުވެރިންގެ އަތަށް!

ދިރާގުން ބުނީ ރޯދަ މަހުގެ ކޮންމެ ހަފްތާއެއްގައި ނަސީބުވެރިއެއް ހޮވި އިރު، އިނާމު ލިބުނު ފަރާތްތަކަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ދިރާގުގެ ކަސްޓަމަރުން ކަމަށެވެ. އެ ކަސްޓަމަރުންނަށް ލިބުނު ހަދިޔާތައް މިހާރު ރައްދުކޮށްފައިވާ ކަމަށް ދިރާގުން ބުނެ އެވެ.

"ދިރާގު ބޮޑު ހަދިޔާ"ގެ އިނާމު ނަސީބުވެރިންގެ އަތަށް!
"ދިރާގު ބޮޑު ހަދިޔާ"ގެ އިނާމު ނަސީބުވެރިންގެ އަތަށް!

"ދިރާގު ބޮޑު ހަދިޔާ" އަކީ ރޯދަ މަހު ދިރާގުގެ އެކްޓިވް ހުރިހާ ކަސްޓަމަރުންނަށް ކުރިއަށް ގެންދިޔަ ލަކީ ޑްރޯ ޕްރޮމޯޝަނެކެވެ. މި ލަކީޑްރޯގައި ރޯދަ މަހު ދިރާގު ނެޓްވޯކް ގަވައިދުން ބޭނުންކުރާ ހުރިހާ ކަސްޓަމަރުން ވަނީ ހިމަނައިފަ އެވެ.

"ދިރާގު ބޮޑު ހަދިޔާ"ގެ އިނާމު ނަސީބުވެރިންގެ އަތަށް!
"ދިރާގު ބޮޑު ހަދިޔާ"ގެ އިނާމު ނަސީބުވެރިންގެ އަތަށް!

ދިރާގުން ބުނި ގޮތުގައި ހުރިހާ ކަސްޓަމަރުންނަށް ހުޅުވާލައިގެން އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ކުރިއަށް ގެންދިޔައީ އެ ކުންފުނިން ކަސްޓަމަރުންގެ އަގުވަޒަން ކުރުމަށެވެ.

"ދިރާގު ބޮޑު ހަދިޔާ"ގެ އިނާމު ނަސީބުވެރިންގެ އަތަށް!
"ދިރާގު ބޮޑު ހަދިޔާ"ގެ އިނާމު ނަސީބުވެރިންގެ އަތަށް!

"ދިރާގު ބޮޑު ހަދިޔާ" ގެ ގުރުއަތުން ހޮވިފައިވާ ފަރާތްތަކަކީ:

• ހަފްތާ 1: ލީނާ ޖާބިރު، އައްޑޫ ސިޓީ
• ހަފްތާ 2: ސިޔާމާ އަބްދުއްލަތީފް، ރ. މީދޫ
• ހަފްތާ 3: ބަޝީރާ އަލީ، ނ. ވެލިދޫ
• ހަފްތާ 4: ނާޖިހް އަބްދުލް ހާރިސް، ރ. އިނގުރައިދޫ

ގުރުއަތުން ހޮވުނު ފަރާތްތަކަށް ދީފައި ވަނީ "މައިޑިއާ"ގެ މެގަ ހޯމް ޕެކްތަކެކެވެ. އެ ޕެކްތަކުގައި ހިމެނޭ 19 އައިޓަމްތަކުގެ ތެރޭގައި މައިކްރޯވޭވް، ފްރިޖް، އަވަން، ދޮންނަ މެޝިން އަދި ޑިޝްވޮޝާ ފަދަ އެކި އަގުހުރި އެޕްލަޔަންސް ވަނީ ހިމަނައިފަ އެވެ.

ދިރާގުން ބުނިގޮތުގައި މި ލަކީޑްރޯ އެހާ ކާމިޔާބު ކަމާ އެކު ކުރިޔަށް ގެންދެވުނީ "މައިޑިއާ" އާ އެކު އޮތް ޕާޓްނާޝިޕުގެ ދަށުން ލިބުނު އެއްބާރުލުމާއި ކޮލިޓީ ރަނގަޅު އެޕްލަންސްތަކުގެ ސަބަބުންނެވެ.

ދިރާގުން ރޯދައަށް ކުރިއަށް ގެންދިޔަ މި ބޮޑު ހަދިޔާގެ އިތުރުން ބޯނަސް ބޮޑު އިނާމެއްގެ ގޮތުން އުމްރާ ދަތުރެއް ވެސް ވަނީ ހުށަހަޅައިފަ އެވެ. އުމްރާ ދަތުރުގެ ގުރުއަތަކީ ވެސް ދިރާގު ސިމް ގެންގުޅޭ ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގި ގުރުއަތެކެވެ. އެ ދަތުރު ލިބޭ ނަސީބުވެރިޔާ ވެސް ވަނީ ވޭތުވެދިޔަ ހަފްތާ ބަންދުގައި ހޮވައިފަ އެވެ.

ދިރާގުން އަބަދު ވެސް މަސައްކަތް ކުރަމުން އަންނަނީ އެ ކުންފުނީގެ ކަސްޓަމަރުންގެ އަގު ވަޒަންކޮށް މި ފަދަ ހަރަކާތްތަކާ އެކު އެ ފަރާތްތަކަށް ތަފާތު އަގުހުރި އިނާމުތައް ދިނުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.