01 މެއި 2023 - 11:16

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތަހުތުގައި ވެޑުވުމުގެ ރަސްމީ ހަފްލާގައި ބައިވެރިވެ ވާހަކަކޮޅެއް ދައްކާލުމުގެ ފުރުސަތު ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރަށް ލިބިއްޖެ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހު އިނގިރޭސި ރާނީ އެލިޒަބަތު އަވަހާރަވުމުން، އެ ކަމަނާގެ ދަރިކަލުން ޗާލްސް ރަސްކަމާ ހަވާލުވެވަޑައިގެން ނަމަވެސް ޗާލްސްގެ ރަސްކަން ފެށުމުގެ ރަސްމީ ހަފްލާ އޮންނާނީ މި މަހު ހައެއްގަ އެވެ. މިކަމާ ގުޅިގެން ބާއްވާ ކޮންސެޓް އޭގެ އަނެއް ދުވަހު ބާއްވާނެ އެވެ. ސޯނަމް އަށް ލިބިފައިވަނީ މި ކޮންސެޓްގައި ހުށަހަޅައިދޭންޖެހޭ ވާހަކަކޮޅެއް ދެއްކުމެވެ.
ޗާލްސް ތަހުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގައި އެކި ގައުމުތަކުގެ ފަންނާނުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި، ހޮލީވުޑް ތަރި ޓޮމް ކްރޫޒް އާއި ވިނީ ދަ ޕޫ އާއި ނިކޯލް ޝާޒިންގާ ފަދަ ލަވަކިޔުންތެރިން ހިމެނެ އެވެ. އޭގެ އިތުރުން، ކޭޓީ ޕެރިީ އާއި ލައިނަލް ރިޗީ ވެސް ހިމެނެ އެވެ.
މިއީ ޝާހީ އާއިލާގެ އެއްވެސް ރަސްމިއްޔާތެއްގައި ސޯނަމް ބައިވިރިވާ ފުރަތަމަ ފަހަރެވެ.