މާދަމާ ހެނދުނު ރައީސްގެ ހާއްސަ ވީޑިއޯ މެސެޖެއް
މާދަމާ ހެނދުނު ރައީސްގެ ހާއްސަ ވީޑިއޯ މެސެޖެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ ވީޑިއޯ މެސެޖެއް މާދަމާ ހެނދުނު ފޮނުވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން ކުރި ޓްވީޓެއްގައި ބުނީ މާދަމާ ހެނދުނު 10:00 ގައި ރައީސްގެ ހާއްސަ ވީޑިއޯ މެސެޖެއް ޓީވީ ޗެނަލްތަކުންނާއި ރައީސް އޮފީހުގެ ޓްވީޓާ އެކައުންޓުން ލައިވް ކުރާނެ ކަމަށެވެ. ނަމަވެސް މިއީ ކޮން ކަމަކާ ގުޅޭ ގޮތުން ކަމެއް ރައީސް އޮފީހަކުން ނުބުނެ އެވެ.

ރައީސް ރޭ ވެސް ވަނީ މީޑިއާއާ ބައްދަލުކުރައްވައިފަ އެވެ. އެއީ ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަހައްދު ބެހުމުގެ މައްސަލަ ބައިނަލްއަގުވާމީ ޓްރައިބިއުނަލް އިން ނިންމުމުން އެކަމާ ގުޅޭ ގޮތުންނެވެ.