29 އެޕްރީލް 2023 - 18:40

ފޭދޫ ފިނޮޅު ކައިރީ މިއަދު ހަވީރު ހިނގި ލޯންޗް އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓުވެގެން ރިޕޯޓްކުރީ 4:40 ކަމަށެވެ. އެ އެކްސިޑެންޓުގައި މަރުވީ 53 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާ މަރުވީ އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށް ބުނުން ފިޔަވައި އަދި ތަފްސީލެއް ނުދެ އެވެ.