އެންމެ ބޮޑު ސަމާލުކަމެއް ދެނީ ޓޫރިސްޓުންގެ ސަލާމަތަށް: ޒަމީރު
އެންމެ ބޮޑު ސަމާލުކަމެއް ދެނީ ޓޫރިސްޓުންގެ ސަލާމަތަށް: ޒަމީރު

ސަރުކާރާއި ޓޫރިޒަމް ސިނާއަތުން ވެސް އެންމެ ބޮޑަށް ސަމާލުކަން ދެނީ ޓޫރިސްޓުންނަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އެންމެ ބޮޑު ސަމާލުކަމެއް ދެނީ ޓޫރިސްޓުންގެ ސަލާމަތަށް: ޒަމީރު
އެންމެ ބޮޑު ސަމާލުކަމެއް ދެނީ ޓޫރިސްޓުންގެ ސަލާމަތަށް: ޒަމީރު

ދިވެހި ފުލުހުންނާއި ޔޫކޭގެ މެޓްރޯޕޮލިޓަން ފުލުހުންނާއި ހޯމް މިނިސްޓްރީ އަދި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ފެށި "މޯލްޑިވްސް ކައުންޓާ ޓެރަރިޒަމް ސެކިއުރިޓީ ވޯކްޝޮޕް 2017" ގައި މިނިސްޓަރު ވިދާޅުވީ ޓޫރިޒަމަކީ ރާއްޖޭގެ އިގުތިސާދުގެ އެންމެ މުހިންމު މަސައްކަތް ކަމަށާއި އެ ސިނާއަތަށް ލިބޭ ގެއްލުމަކީ ރާއްޖޭގެ އިގުތިސާދަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށެވެ.

އެންމެ ބޮޑު ސަމާލުކަމެއް ދެނީ ޓޫރިސްޓުންގެ ސަލާމަތަށް: ޒަމީރު
އެންމެ ބޮޑު ސަމާލުކަމެއް ދެނީ ޓޫރިސްޓުންގެ ސަލާމަތަށް: ޒަމީރު

ކުރުނބާ މޯލްޑިވްސްގައި މިއަދު ފެށި ވޯކްޝޮޕް ޝަރަފުވެރިކޮށްދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ މި ދަނޑިވަޅަކީ މުޅި ދުނިޔެއަށް ޓެރަރިޒަމްގެ ނުރައްކާ ބޮޑުވެފައިވާ ދުވަސްވަރެއް ކަމަށާއި އެހެންވެ އެކަމަށް ސަމާލުވާން ރާއްޖެއިން ވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.

"ދީފާނެ ޓެރަރިސްޓް ހަމަލާއަކަށް ތައްޔާރުވެ ތިބުމަކީ ސަރުކާރުގެ އަމާޒެއް. ރާއްޖޭގެ އިގުތިސާދުގެ މައި އެއް ތަނބަކީ ޓޫރިޒަމަށް ވީ ހިނދު، ފަތުރުވެރިންގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަކީ އެންމެ އިސްކަންދޭ ކަންތައް،" ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ އިސް ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި ހަފުލާގައި މިނިސްޓަރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ މިފަދަ ވޯކްޝޮޕްތަކުން ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރަން ހިތްވަރު ލިބިގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން ރައްކާތެރި މާހައުލެއް ގާއިމްކުރަން ފުރުސަތު ލިބޭނެ ކަމަށެވެ.

މި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫކޭގެ މެޓްރޯޕޮލިޓަން ޕޮލިސްގެ ޑިޓެކްޓިވް ޗީފް އިންސްޕެކްޓާ ޖޭމްސް ކޮންސްޓަބްލް ވަނީ ރާއްޖެއަށް ޓެރަރިޒަމްގެ ނުރައްކަލެއް ކުރިމަތިވާ ނަމަ އެ ގައުމުގެ ފުލުހުންގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ޓެރަރިޒަމްގެ ނުރައްކަލުން ސަލާމަތްވުމުގެ މުހިއްމުކަމާ ބެހޭ ގޮތުން އޭނާ ވެސް ވާހަކަދެއްކެވި އެވެ.

ކުރުނބާ ރިސޯޓުގައި ދެ ދުވަހުގެ މުއްދަތަކަށް ބާއްވާ މި ވޯކްޝޮޕަކީ ޓޫރިޒަމް ސިނާއަތުގެ ސެކިއުރިޓީއާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ބާއްވާ ބޮޑު ވޯކްޝޮޕެކެވެ. މި ބޮޑު ވޯކްޝޮޕުގައި ޓޫރިޒަމް ސިނާއަތަށް ދިމާވެފައިވާ ސެކިއުރިޓީ މައްސަލަތަކާއި އެ ދާއިރާއިން ދިމާވާ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރާނެ އެވެ.

ރާއްޖޭގެ އެކި ރިސޯޓުތަކުގައި ސެކިއުރިޓީގެ ދާއިރާގައި ހަރަކާތްތެރިވާ 140 އެއްހާ މީހުން ވޯކްޝޮޕްގައި ބައިވެރިވި އެވެ.