24 ޖެނުއަރީ 2017 - 10:40

މާލޭ ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ މިއަދު ހެނދުނު ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މ. ޒަމްޒަމްގޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ފުލުހުން އެ ގެއަށް ދިޔައީ، އަންހެންމީހާ ނިދާ ނުހޭލައިގެން ރިޕޯޓްކުރުމުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އަންހެން މީހާގެ މައުލޫމާތު އަދި ސާފެއް ނުވެ އެވެ. އޭނާގެ ހަށިގަނޑު މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ.
މި މަހު ކުރީކޮޅު މާލޭގެ ގެއެއްގެ ތެރޭގައި ދެމަފިރިއަކު ވެސް މަރުވެފައި ތިއްބައި ފެނިފައިވެ އެވެ. ވިލުފުއްޓަށް ނިސްބަތްވާ ގާސިމް ޝާހިދާއި ރަޒީނާ އިބްރާހިމް މަރުވެފައި ތިއްބާ ފެނުނީ ރޭގަނޑު ނިދަން ވަން ގޮތަށް އަނެއް ދުވަހުގެ މެންދުރުވިއިރު ވެސް ނިދާ ނުހޭލައިގެން ބެލުމުންނެވެ.