އަކުއަމޭން 2: މީރާގެ ރޯލަށް އެމްބާ ހާޑް އެނބުރި އަންނަކަން ކަށަވަރުވެއްޖެ!
އަކުއަމޭން 2: މީރާގެ ރޯލަށް އެމްބާ ހާޑް އެނބުރި އަންނަކަން ކަށަވަރުވެއްޖެ!

ޑީސީ ޔުނިވާސްގެ ފިލްމު "އަކުއަމޭން" ގެ ދެވަނަ ބައިގައި މީރާގެ ރޯލަށް އެމްބާ ހާޑް އެނބުރި އަންނާނެކަން ކަށަވަރުވެއްޖެ އެވެ.

އަކުއަމޭން 2: މީރާގެ ރޯލަށް އެމްބާ ހާޑް އެނބުރި އަންނަކަން ކަށަވަރުވެއްޖެ!
އަކުއަމޭން 2: މީރާގެ ރޯލަށް އެމްބާ ހާޑް އެނބުރި އަންނަކަން ކަށަވަރުވެއްޖެ!

އެމެރިކާގެ ލަސް ވޭގަސްގައި ބޭއްވި ސިނަމާކޮންގައި ޑީސީގެ ފިލްމުތައް ހުށަހަޅައިދޭން ލިބުނު ދެ ގަޑިއިރު ތެރޭގައި އެ ކުންފުނިން ވަނީ "އަކުއަމޭން އެންޑް ދަ ލޯސްޓް ކިންގްޑޮމް" ގެ ޓްރެއިލާ ދައްކާލައިފަ އެވެ.

އަކުއަމޭން 2: މީރާގެ ރޯލަށް އެމްބާ ހާޑް އެނބުރި އަންނަކަން ކަށަވަރުވެއްޖެ!
އަކުއަމޭން 2: މީރާގެ ރޯލަށް އެމްބާ ހާޑް އެނބުރި އަންނަކަން ކަށަވަރުވެއްޖެ!

ބޭރުގެ ހަބަރުތަކުން ބުނާ ގޮތުގައި، އެ ޓްރެއިލާގެ ނިމޭކޮޅު ހިނގާ ހަނގުރާމައެއްގައި ހާޑްގެ ކެމިއޯއެއް ފެންނަ ކަމަށެވެ.

ހާޑްގެ ކުރީގެ ފިރިމީހާ ޖޯނީ ޑެޕް އަނިޔާކުރާ ކަމަށް ބުނެ އޭނައާ ދެކޮޅަށް ކުރި ދައުވާގައި ކޯޓުން މައްސަލަ އެމްބާއާ ދެކޮޅަށް ނިންމުމާ އެކު މީޑިއާތަކާއި ފޭނުންގެ ޕްރެޝަރާ ގުޅިގެން އެ ރޯލުން އެމްބާ ވަކިކުރާނެ ކަމުގެ އަޑުތަކެއް ފެތުރުނެވެ.

އެ މައްސަލައިގެ އަޑުއެހުން ކުރިއަށް ދިޔަ ދުވަސްވަރު މީރާގެ ރޯލުން އެމްބާ ވަކިކުރުމަށް ފެށި ޕެޓިޝަންގައި ގާތްގަނޑަކަށް 4.5 މިލިއަން މީހުން ވަނީ ސޮއިކޮށްފަ އެވެ.

ޑީސީގެ މި ނިންމުމާ ގުޅިގެން ފިލްމަށް ވާނެގޮތެއް އަދި ނޭނގެ އެވެ. ޓްރެއިލާ އާންމުކޮށް ރިލީޒްނުކުރާއިރު، ފިލްމުގައި އެމްބާގެ ކެރެކްޓާ ކުޅޭނީ ކިހާވަރެއްގެ ރޯލެއް ކަމެއް އަދި ނޭނގެ އެވެ.

މި ފިލްމު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ.