އެހީތެރިކަމުގައި ރޯދަ މަހު އުރީދޫއިން ދެއްކީ ނަމޫނާ
އެހީތެރިކަމުގައި ރޯދަ މަހު އުރީދޫއިން ދެއްކީ ނަމޫނާ

މުޖުތަމައަށް ފައިދާހުރި އެކި ކަންކަމުގައި އިސްނެގުމުގައި އުރީދޫގެ މަސައްކަތް ކޮންމެ އަހަރެއްގެ ވެސް ރޯދަމަހާ ދިމާކޮށް އިތުރުކުރެ އެވެ. މިދިޔަ ރޯދަ މަހު ވެސް މިކަމުގައި އެ ކުންފުނިން ނަމޫނާ ދެއްކި އެވެ.

އެހީތެރިކަމުގައި ރޯދަ މަހު އުރީދޫއިން ދެއްކީ ނަމޫނާ
އެހީތެރިކަމުގައި ރޯދަ މަހު އުރީދޫއިން ދެއްކީ ނަމޫނާ

އުރީދޫއިން މިދިޔަ ރޯދަ މަހު އެންމެންނަށް ވެސް ހިތްވަރުދެމުން ދިޔައީ އެކަކު އަނެކަކު ހަދިޔާ ބަދަލުކުރުމަށެވެ. އެހީތެރިވުމަށެވެ.

އެހީތެރިކަމުގައި ރޯދަ މަހު އުރީދޫއިން ދެއްކީ ނަމޫނާ
އެހީތެރިކަމުގައި ރޯދަ މަހު އުރީދޫއިން ދެއްކީ ނަމޫނާ

އުރީދޫއިން ރޯދަ މަހުގެ ފުރަތަމަ ހަފްތާ ނިމުނުއިރު ކޮމިއުނިޓީ ރޯދަވީއްލުމެއް އޮންނާނެ ކަމަށް އިއުލާނު ކުރި އެވެ. އެ ރޯދަ ވީއްލުމަކީ އެންމެންނަށް ބައިވެރިވެވޭ ގޮތަށް ސަލްމާން މިސްކިތުގައި ބޭއްވި ރޯދަ ވީއްލުމެކެވެ. އެންމެ ފުރަތަމަ "ކޮމިއުނިޓީ ރޯދަވީއްލުމަށް" ވެސް ގިނަ ބައެއްގެ ތަރުހީބު ލިބުނެވެ.

އެހީތެރިކަމުގައި ރޯދަ މަހު އުރީދޫއިން ދެއްކީ ނަމޫނާ
އެހީތެރިކަމުގައި ރޯދަ މަހު އުރީދޫއިން ދެއްކީ ނަމޫނާ

ދުއިސައްތައަށް ވުރެ ގިނަ މީހުން ބައިވެރިވި އެ ރޯދަވީއްލުމަކީ އުރީދޫއިން ގިނަ ބަޔަކު އެއްތަންވެ ގުޅުން ބަދަހިކުރުމަށް ހުޅުވާލި ފުރުސަތުގެ ބޮޑު ކާމިޔާބީއެކެވެ. އެ ހަރަކާތް، ޖެހިގެން އައި ހަފްތާތަކުގެ ހުކުރު ދުވަސްތަކުގައި އުރީދޫއިން ކުރިއަށް ގެންދިޔަ އެވެ.

އެހީތެރިކަމުގައި ރޯދަ މަހު އުރީދޫއިން ދެއްކީ ނަމޫނާ
އެހީތެރިކަމުގައި ރޯދަ މަހު އުރީދޫއިން ދެއްކީ ނަމޫނާ

ލެ ސޫކްއިން ކޭޓާ ކޮށްގެން ބޭއްވި އެެ ރޯދަވީއްލުންތަކަށް ގިނަ ބައެއްގެ ތަރުހީބު ލިބުނެވެ. ހާއްސަކޮށް ރޯދަ ވީއްލުމަށް ތަކެތި ބޭނުންވެފައިވާ ގިނަ ބަޔަކު އެފަދަ ފުރުސަތެއް އުރީދޫއިން ފަހިކޮށްދީފައިވުމުން އެކަމަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އެހީތެރިކަމުގައި ރޯދަ މަހު އުރީދޫއިން ދެއްކީ ނަމޫނާ
އެހީތެރިކަމުގައި ރޯދަ މަހު އުރީދޫއިން ދެއްކީ ނަމޫނާ

އެ ހަރަކާތަށް ލިބުނު ހޫނު ތަރުހީބުގެ ސަބަބުން އީދު ދުވަހުގެ ހެނދުނު އުރީދޫން ވަނީ އެންމެނަށް ހުޅުވާލައިގެން އީދު ސައެއް ވެސް ބާއްވައިފަ އެވެ. އެ ސަޔަށް ވެސް އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނުކަމަށް އުރީދޫއިން ބުންޏެވެ.

ރޯދަ ވީއްލާނެ ކާބޯތަކެތި ހޯދުމަށް ދަތިވެފައި ތިބި ބިދޭސީ މަސައްކަތްތެރިންނަށް "އިފްތާރު ޕެކު" ހަދިޔާކުރުމުގެ ފުރުސަތު އެމް ފައިސާ މެދުވެރިކޮށް ހުޅުވާލި އެވެ. އުރީދޫއިން ބުނީ ގިނަ އަދަދެއްގެ ކަސްޓަމަރުން އެ ފުރުސަތުގެ ބޭނުން ހިފައި އިފްތާރު ޕެކް ހަދިޔާކުރި ކަމަށެވެ. މިއީ މިޝަން ފޯ މައިގްރަންޓް ވޯކާސްއާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

އެމް ފައިސާގެ ކަސްޓަމަރުން އިފްތާރު ޕެކު ހަދިޔާކުރުމުގެ އިތުރުން ރާއްޖޭގެ އެކި ޖަމިއްޔާތައް މެދުވެރިކޮށް، އެހީތެރިކަން ބޭނުންވާ އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ވެސް ހުޅުވާލި އެވެ. އޭގެ ތެރޭގައި ކުޑަކުދިންގެ ހިޔާ، ފިޔަވަތި، މަމްސް އެންޖީއޯ، ކެންސާ ސޮސައިޓީ، ޕީސް ފައުންޑޭޝަނާއި މިސްކިތް ފަންޑު ހިމެނެ އެވެ. އުރީދޫ އިން ބުނީ މިއީ ސަދަގާތްކޮށް އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިތްވަރު ދީ، ލުއި ފަސޭހަކަމާ އެކު އެކަން ކުރުމަށް ހުޅުވާލި ފުރުސަތެއް ކަމަށެވެ.

"ރޯދަ މަހަކީ ސަދަގާތް ދިނުމަށް ބާރު އަޅާ މަހެއް. އެހީ ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައު އެކަތިގަނޑަކަށްވުމުގެ މަހެއް. އަޅުގަނޑުމެން ބޭނުންވީ އަޅުގަނޑުމެންނަށް އެކަންކަމުގައި ކުރެވެން ހުރި ކަންތައްތައް ބަލާ، އެ ކަންކަމުގައި ބައިވެރިވެ، ކަސްޓަމަރުންނަށް ވެސް އެ ފަދަ އެކި ކަންތައްތައް ކުރެވޭނެ މަގު ފަހިކޮށްދިނުން." އުރީދޫގެ އެސިސްޓަންޓް މެނޭޖަރު ޕީއާރު، ބްރޭންޑް އެންޑް މާކޮމްސް ނާއިފާ ޖިހާދު ވިދާޅުވި އެވެ.

އުރީދޫއިން މި ރޯދަ މަހު ވެސް މަމްސް އެންޖީއޯއާ އެކު، އެހީ ބޭނުންވެފައިވާ ގިނަ އާއިލާތަކަކަށް ޒަރޫރީ ގިނަ ތަކެތި ހިމެނޭ ގިފްޓު ބާސްކެޓްތަކެއް ވެސް ވަނީ ހަދިޔާކޮށްފަ އެވެ. އެ ގިފްޓު ބާސްކެޓްތަކަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދަތި ހާލުގައި ދިރިއުޅޭ އާއިލާތަކަށް ހަދިޔާ ކުރި ކާބޯތަކެތި ހިމެނޭ ގިފްޓު ބާސްކެޓުތަކެކެވެ.

މިދިޔަ ރޯދަ މަހު އިޖުތިމާއީ ހަރަކާތްތަކަށް ބާރުއަޅައި ހިތްވަރު ދިނުމުގެ ގޮތުން އުރީދޫއިން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭއްވި އެކި ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އޭގެ ތެރޭގައި ނިލަންދޫ ތަރި 1443 އާއި އޭދަފުށި ފުޓްސަލް ކަޕާއި ކުޑަރިކިލު ފުޓްސަލް ޓޯނަމަންޓާއި ނޫރު މަދަހަ މުބާރާތާއި އެލް4 ކަޕާއި މަޑުއްވަރި ފުޓްސަލް ޗެލެންޖު ވެސް ހިމެނެ އެވެ.

އުރީދޫއިން ބުނީ މުޖުތަމައު ދުޅަހެޔޮ ކުރުމަށް އެކި މަސައްކަތްތައް ކުރުމަށް އެ ކުންފުނިން އިސްކަންދޭ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަނީ އަބަދު ވެސް މުޖުތަމައަށް ހިދުމަތްކުރެވޭނެ ގޮތްތައް ހޯދުމަށް. އަދި މުޖުތަމައުގެ އެއްބައިވަންތަކަން އިތުރުކުރުމުގެ އެކި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް. މި ރޯދަ މަހަކީ އަޅުގަނޑުމެން އެ މަގުސަދު ވަރަށް ފުރިހަމައަށް ވާސިލްވެވުނު މަހެއް." ނާއިފާ ވިދާޅުވި އެވެ.