އާލިއާ ހަތަރު މިލިއަން ޑޮލަރުގެ އެޕާޓްމަންޓެއް ގަނެ ދައްތައަށް ފްލެޓެއް ހަދިޔާކޮށްފި
އާލިއާ ހަތަރު މިލިއަން ޑޮލަރުގެ އެޕާޓްމަންޓެއް ގަނެ ދައްތައަށް ފްލެޓެއް ހަދިޔާކޮށްފި

ބޮލީވުޑްގެ ބަތަލާ، އާލިއާ ބަޓް ހަތަރު މިލިއަން ޑޮލަރުގެ އެޕާޓުމަންޓެއް ގަނެ، އޭނާގެ ދައްތަ ޝަހީން އަށް ވެސް ފްލެޓެއް ގަނެ ހަދިޔާކޮށްފި އެވެ.

އާލިއާ ހަތަރު މިލިއަން ޑޮލަރުގެ އެޕާޓްމަންޓެއް ގަނެ ދައްތައަށް ފްލެޓެއް ހަދިޔާކޮށްފި
އާލިއާ ހަތަރު މިލިއަން ޑޮލަރުގެ އެޕާޓްމަންޓެއް ގަނެ ދައްތައަށް ފްލެޓެއް ހަދިޔާކޮށްފި

ކަރަން ޖޯހަރް 2012 ގައި ނެރުނު "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ވިދާލި އާލިއާ އަކީ މިހާރު ބޮލީވުޑް ފިލްމުތަކުން އެންމެ ބޮޑު އާމްދަނީއެއް ހޯދާ އެއް ފަންނާނެވެ. ރިޕޯޓުތައް ބުނާ ގޮތުން އޭނާ ކުޅޭ ކޮންމެ ފިލްމަކަށް މަދުވެގެން 1.8 މިލިއަން ޑޮލަރު ނަގަ އެވެ.

އާލިއާ ގަނެފައިވާ އެޕާޓުމަންޓުގެ އަގަކީ އޭނާ ދެ ފިލްމު ކުޅެގެން ލިބޭ އާމްދަނީއާ އެއްވަރުގެ އަދަދެކެވެ. އެންމެ ފަހުން އާލިއާ ފެނުނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ނިކުތް "ބްރަމަސްތްރާ: ޕާޓް 1 (ޝިވާ)" އިންނެވެ. އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އެ ފިލްމުން އޭނާ އަށް ވަނީ ގާތްގަނޑަކަށް 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.

"ހިންދުސްތާން ޓައިމްސް" އިން ބުނިގޮތުގައި، އާލިއާ ގަނެފައި ވަނީ އިންޑިއާގެ މުމްބާއީގެ ޕާލީ ހިލް ސަރަހައްދުގައި ހުންނަ މަޝްހޫރު ކަޕޫރު ބަންގްލޯއާ އެއް މަގެއްގައި ހުންނަ އިމާރާތަކުން 2،497 އަކަފޫޓުގެ އެޕާޓްމަންޓެކެވެ.

މި މަހު 10 ވަނަ ދުވަހު އެތަން ރަޖިސްޓްރީކޮށްފައި ވަނީ އާލިއާގެ ޕްރޮޑަކްޝަން ހައުސް "އިޓާނަލް ސަންޝައިން ޕްރޮޑަކްޝަންސް" ގެ ނަމުގަ އެވެ.

އޭގެ އިތުރުން، ހަމަ އެ ދުވަހު އޭނާ ވަނީ މުމްބާއިގެ ޖޫހޫ ސަރަހައްދުގައި ހުންނަ ގީގީ އެޕާޓުމަންޓުތަކުން ދެ ފްލެޓެއް އޭނާގެ ދައްތައަށް ހަދިޔާގެ ގޮތުގައި ގަނެދީފަ އެވެ. ޕާކިން ލޮޓަކާ އެކު ލިބުނު އެ ދެ ފްލެޓު އެއްކޮށްލައިގެން 2،086 އަކަ ފޫޓު ބޮޑުމިން ހުރެ އެވެ.

އާލިއާ އަކީ އެކްޓިންގެ އިތުރުން ވިޔަފާރި ވެސް ކުރަމުން އަންނަ މީހެކެެވެ. އޭނާ ވަނީ 2020 ވަނަ އަހަރު 2-14 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަ، "އެޑް-އަ-މާމާ" ކިޔާ ކްލޯތިން ބްރޭންޑެއް ފަށައިފަ އެވެ. އޭގެ އިތުރުން، މިދިޔަ އަހަރުގެ ކުރީކޮޅު އޭނާގެ ޕްރޮޑަކްޝަން ހައުސް ހުޅުވުން ވެސް ފާހަގަކޮށްލެވެ އެވެ. މި ކަންކަމުގެ އިތުރުން ވެސް ގިނަ އަދަދެއްގެ ވިޔަފާރިތަކަށް އާލިއާ ވަނީ އިންވެސްޓުކޮށްފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.