އައިލެންޑް ބެވަރޭޖުން "އުލުދާގް" ދިވެހި މާކެޓަށް
އައިލެންޑް ބެވަރޭޖުން "އުލުދާގް" ދިވެހި މާކެޓަށް

ގިނަ ބުއިންތަކެއް ދިވެހިންނާ ހަމައަށް ގެނެސްދޭ ކުންފުނި އައިލެންޑް ބެވަރެޖާސް މޯލްޑިވްސް އިން "އުލުދާގް" ބްރޭންޑުގެ ބުއިންތައް ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.

އައިލެންޑް ބެވަރޭޖުން "އުލުދާގް" ދިވެހި މާކެޓަށް
އައިލެންޑް ބެވަރޭޖުން "އުލުދާގް" ދިވެހި މާކެޓަށް

މި ފަހަރު އެ ކުންފުނިން މާކެޓަށް ނެރުނީ ތުރުކީގެ މާކެޓުގެ އެންމެ ކުރީގައި އުޅޭ "އުލުދާގް"ގެ ބުއިންތަކެކެވެ. އެއީ "އުލުދާގް ފްރުޓީ ސީމެކްސް" ސްޕާކްލިން މިނަރަލް ވޯޓާގެ ރަހަތަކަކާއި "އުލުދާގް ލެޖެންޑްރީ ގަޒޯޒް" ސްޕާކްލިން ސޮފްޓް ޑްރިންކްސްގެ ރަހަތަކެވެ.

އައިލެންޑް ބެވަރޭޖުން "އުލުދާގް" ދިވެހި މާކެޓަށް
އައިލެންޑް ބެވަރޭޖުން "އުލުދާގް" ދިވެހި މާކެޓަށް

އައިލެންޑް ބެވަރެޖާސް އިން ބުނިގޮތުގައި "އުލުދާގް" ބްރޭންޑް ރާއްޖެ އަށް ތައާރަފް ކުރީ ރަހަ މީރު ތަފާތު ބުއިންތަކެއް ދިވެހިންނާ ހަމައަށް ގެނެސްދީ، އެ ކުންފުނީގެ ޕްރޮޑަކްޓްލައިން އިތުރަށް ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ. އެއީ ތަފާތު މީރު ބުއިންތަކަކަށް ވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"އުލުދާގް ފްރުޓީ ސީމެކްސް" ސްޕާކްލިން މިނަރަލް ވޯޓާ އަކީ ވިޓަމިން ސީ ހިމެނޭ ފްރުޓީ ފްލޭވާތަކެއްގެ މިނަރަލް ވޯޓާއެވެ. "އުލުދާގް ފްރުޓީ ސީމެކްސް"ގެ ތިން ރަހައެއް އައިލެންޑް ބެވަރެޖުން ވަނީ ނެރެފަ އެވެ. އޭގެ ތެރޭގައި އޮރެންޖާއި ލެމަން އަދި ކިވީ ހިމެނެ އެވެ.

"އުލްދާގް ފްރުޓީ ސީމެކްސް" އަކީ ޕްރިޒާވަޓިވްސް ނުހިމެނޭ، މޭވާގައި ހުންނަ ގުދުރަތީ މީރު ރަހަ ހިމަނައިގެން ތައްޔާރު ކޮށްފައިވާ ބުއިންތަކެކެވެ. އެ ބުއިމުގައި މިނަރަލްގެ ބައި ގިނަ ވާނެ އެވެ. އެއީ ދުޅަހެޔޮ ލައިފްސްޓައިލަކަށް އުޅެމުންދާ މީހުންނަށް ކަމުދާނެ، ވީގަން، ވިޓަމިން ސީ މަތި ބުއިމެކެވެ.

"އުލުދާގް ލެޖެންޑްރީ ގަޒޯޒް" ސްޕާކްލިންގް ސޮފްޓް ޑްރިންކުގެ "ލެޖެންޑްރީ ގަޒޯޒް" އަދި "ލެޖެންޑްރީ ގަޒޯޒް އޮރެންޖް" ވަނީ ތައާރަފްކޮށްފަ އެވެ. އެއީ ރަހަ ތަފާތު، ނެޗުރަލް ފްލޭވާ ހިމެނޭ ބުއިމެކެވެ. އެ ބުއިމުގައި ވެސް ޕްރިޒާވަޓިވްސް އަދި ފްރުކްޓޯސް ސިރަޕެއް ވެސް ނުހިމެނޭނެ އެވެ.

"އުލުދާގް" ބްރޭންޑު އިމްޕޯޓްކޮށް، ޑިސްޓްރިބިއުޓް ކުރަނީ އައިލެންޑް ބެވަރެޖާސް މޯލްޑިވްސް އިންނެވެ. އެއީ އާއްމުންގެ ތެރޭގައި މަގުބޫލު، ބަންދުކުރި ފެންފުޅި "ތާޒާ" ފެން ތައްޔާރުކޮށް ޑިސްޓްރިބިއުޓް ކުރާ ކުންފުންޏެވެ. އެ ކުންފުނިން ގެންދަނީ ޕެޕްސީ ވެސް ޑިސްޓްރިބިއުޓްކުރަމުންނެވެ.

ނޯޓް: މިއީ އައިލެންޑްް ބެވަރެޖްގެ ޕްރޮމޯޝަނަލް އާޓިކަލްއެކެވެ.