25 އެޕްރީލް 2023 - 18:56

އެމްއެންޑީއެފަށް 34 އަހަރު ހިދުމަތް ކުރެއްވި މޭޖާ އަލީ ސަލީމް މިއަދު ނިޔާވެއްޖެ އެވެ.
އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގައި އިސްކޮށް މަސައްކަތް ކުރެއްވި މޭޖާ ސަލީމް އައިޖީއެމްއެޗްގައި ނިޔާވީ ސިއްހީ ހާލަތު ގޯސްވެގެން ފަރުވާ ދެމުން ދަނިކޮށެވެ. އެކަމަކު އޭނާ މިއަދު ވެސް ސިފައިންގެ ވަޒީފާއަށް ނިކުންނެވި ކަމަށްވެ އެވެ.
ސިފައިންގެ ފަޔާ އެންޑް ރެސްކިއު ސާވިސް އުފެއްދިއިރު އެންމެ ފުރަތަމަ އެތަނުގައި ތިއްބެވި މަދު ބޭފުޅުންގެ ތެރޭގައި ސަލީމް ހިމެނިވަޑައިގަންނަވަ އެވެ. އަދި މިވަގުތު އެ ދާއިރާއިން ރާއްޖޭގައި ހުންނެވި އެންމެ ތަޖުރިބާކާރު ބޭފުޅަކީ ވެސް އެއީ ކަމަށް އޭނާއާ އެކު މަސައްކަތް ކުރެއްވި ސިފައިންގެ އިސް ބޭފުޅުން ވިދާޅުވެ އެވެ.
ސަލީމް ނިޔާވިއިރު ވެސް އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްގަ އެވެ.