ޝާހްރުކްގެ ދަރިފުޅުގެ ފުރަތަމަ ޑައިރެކްޝަނަކީ އިސްތިހާރެއް
ޝާހްރުކްގެ ދަރިފުޅުގެ ފުރަތަމަ ޑައިރެކްޝަނަކީ އިސްތިހާރެއް

ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ހާންގެ ފިރިހެން ދަރިފުޅު އާރްޔަން ހާންގެ އެންމެ ފުރަތަމަ ޑައިރެކްޝަންގެ ގޮތުގައި އިސްތިހާރެއް ނެރެފި އެވެ.

އަލަށް ތައާރަފްކުރި ލަގްޒަރީ ސްޓްރީޓްވެއާ ބްރޭންޑެއް ކަމަށް "ޑްޔަވޮލް އެކްސް" ގެ އެ އިސްތިހާރުގައި އުޅެނީ ޝާހްރުކާއި އާރްޔަން އެވެ.

އެ ވީޑިއޯގައި ފުރަތަމަ ފެންނަނީ އާރްޔަން އެ ބްރޭންޑަށް ލޯގޯއަކާއި ޓެގްލައިނެއް ހޯދަން އުޅޭތަނެވެ. އެކަން ކާމިޔާބު ނުވުމުން، ރަތް ކުލައިގެ ފިއްސަކުން ރޮނގެއް އެޅުމަށް ފަހު އެތަނުން ދާ ފަހުން ޝާހު އައިސް އެ ފިހި ނަގައި އާރްޔަން އެޅި ރޮނގުގެ ހުރަހަށް ރޮނގެއް އަޅަ އެވެ. އެ ބްރޭންޑުގެ ލޯގޯއަކީ ފިހިން ކުރަހާފައިވާ ރަތްކުލައިގެ ރަސްގެއެކެވެ.

މިއީ ޝާހުއާ އެކު އާރްޔަން އިސްތިހާރެއްގައި މަސައްކަތްކުރި ފުރަތަމަ ފަހަރެވެ.

އާރްޔަން އަކީ އެކްޓުކުރުމާ އެހާ ގަޔާވާ މީހެއް ނޫން ނަމަވެސް، އޭނާ އަކީ ރަނގަޅު ލިޔުންތެރިއެއް ކަމަށް ޝާހު މީގެ ކުރިން ބުނެފައިވެ އެވެ. މިހާރު އާރްޔަން ތައްޔާރު ވަމުން އަންނަނީ އޭނާ ލިޔެފައިވާ ފުރަތަމަ ވެބް ސީރީޒްގެ މަސައްކަތް ފެށުމަށެވެ.

އާރްޔަންގެ ކޮއްކޮ ސުހާނާ ހާންއާ އެއްގޮތަށް އެމީހުންގެ ބައްޕައެކޭ އެއްފަދަ އެކްޓަރަކަށް ވާކަށް އޭނާ ބޭނުމެއް ނުވެ އެވެ. ސުހާނާ މިހާރު ތައްޔާރު ވަމުން އަންނަނީ އޭނާގެ ފުރަތަމަ ފިލްމު، "ދަ އާޗީސް" އަށެވެ.