ޕްރިޔަންކާ ބުނަނީ އެމެރިކާ މީހުންނަށް އެނގޭ ހަމައެކަނި ޕްރިޔަކަންކާ އަކީ އޭނާ ކަމަށް
ޕްރިޔަންކާ ބުނަނީ އެމެރިކާ މީހުންނަށް އެނގޭ ހަމައެކަނި ޕްރިޔަކަންކާ އަކީ އޭނާ ކަމަށް

ބޮލީވުޑްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ހޮލީވުޑްގައި މަޝްހޫރުވާން ބޭނުންވަނީ އޭނާގެ ފުރަތަމަ ނަމުން ކަމަށާއި އެމެރިކާ މީހުންނަށް އެނގޭ ހަމައެކަނި ޕްރިޔަންކާ އަކީ ވެސް އޭނާ ކަމަށް ބުނެފި އެވެ.

ޕްރިޔަންކާ ބުނަނީ އެމެރިކާ މީހުންނަށް އެނގޭ ހަމައެކަނި ޕްރިޔަކަންކާ އަކީ އޭނާ ކަމަށް
ޕްރިޔަންކާ ބުނަނީ އެމެރިކާ މީހުންނަށް އެނގޭ ހަމައެކަނި ޕްރިޔަކަންކާ އަކީ އޭނާ ކަމަށް

ޕްރިޔަންކާގެ އާ ސީރީޒް "ސިޓަޑޭލް" ގެ ޕްރޮމޯޝަންގެ ތެރެއިން ދިން އިންޓަވިއުއެއްގައި އޭނާ މިހެން ބުނީ އިންޑިއާގައި އެހާ އާންމު ނަމެއް ކިޔާތީ ހޮލީވުޑްގެ ކެރިއަރަށް އުނދަގުލަކަށް ވެދާނެތޯ ސުވާލުކުރުމުންނެވެ. ޕްރިޔަންކާ ބުނީ އެމެރިކާގެ ގިނަ މީހުންނަށް އެނގޭ ހަމައެކަނި ޕްރިޔަންކާ އަކީ އޭނާ ކަމަށް ވުުމުން އެކަމުގެ ފައިދާ ނަގަން ބޭނުންވާ ކަމަށެވެ.

ޕްރިޔަންކާ ބުނަނީ އެމެރިކާ މީހުންނަށް އެނގޭ ހަމައެކަނި ޕްރިޔަކަންކާ އަކީ އޭނާ ކަމަށް
ޕްރިޔަންކާ ބުނަނީ އެމެރިކާ މީހުންނަށް އެނގޭ ހަމައެކަނި ޕްރިޔަކަންކާ އަކީ އޭނާ ކަމަށް

"...އަހަރެން އިންޑިއާ އަށް ދިޔައިމާ އެބައުޅޭ ހައެއްކަ ޕްރިޔަންކާ އެއްތަނެއްގައި ވެސް. އެހެންވެ، އަހަންނަކީ ޕީސީ (ޕްރިޔަންކާ ޗޯޕްރާ) ކަން ގަބޫލުކޮށްގެން ހުރީ. އެކަމަކު، އެމެރިކާއަށް އައިމާ އުޅެނީ އަހަރެން އެކަނި. އެހެންވެ ގިނަ ފަހަރަށް ފަހު ނަން ބޭނުން ވެސް ނުކުރަން. އަހަރެން ބޭނުމީ ޝެއާ ކަހަލަ މީހަކަށް ވާން. ނޫނީ ރޭކާ! ހަމައެކަނި ޕްރިޔަންކާ!" ސަމާސާ ކުރަމުން ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ ބުނީ ބޮލީވުޑްގެ ބަތަލާ ރޭކާ އާއި މަޝްހޫރު ލަވަކިޔުންތެރިޔާ ޝެއާ ގޮތަށް، އޭނާ ވެސް ބޭނުން ވަނީ ހަމައެކަނި ފުރަތަމަ ނަމުން މަޝްހޫރުވާން ކަމަށެވެ.

ޕްރިޔަންކާގެ ސްޕައި ސީރީޒް "ސިޓަޑޭލް" ގެ ފުރަތަމަ ސީޒަންގައި ހަ އެޕިސޯޑު ހިމެނޭއިރު، ފުރަތަމަ އެޕިސޯޑު އަންނަ ހުކުރު ދުވަހު އެމަޒޮން ޕްރައިމް ވީޑިއޯގައި ޕްރިމިއާ ކުރަން ވަނީ ހަމަޖެހިފަ އެވެ.

ރޫސޯ ބްރަދާސް އިން އެގްޒެކެޓިވް ޕްރޮޑިއުސް ކުރާ އެ ޝޯގައި ޕްރިޔަންކާއާއެކު ރިޗާޑް މޭޑެން ލީޑު ރޯލުން ފެންނާނެ އެވެ.

އޭގެ އިތުރުން، މިހާރު ޕްރިޔަންކާ ތައްޔާރު ވަމުން އަންނަނީ މަޝްހޫރު އެކްޓަރު އިދްރިސް އަލްބާ އާއި ޖޯން ސީނާއާ އެކު ކުޅެން ހަމެޖެހިފައިވާ ފިލްމުގެ ޝޫޓިން ނެގުމަށް ތައްޔާރުވަމުންނެވެ.