މި އަހަރުގެ ކޮރަލް ފެސްޓިވަލް ހިތަދޫގައި ބާއްވަނީ
މި އަހަރުގެ ކޮރަލް ފެސްޓިވަލް ހިތަދޫގައި ބާއްވަނީ

މި އަހަރުގެ "ކޮރަލް ފެސްޓިވަލް" އައްޑޫގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.

މި އަހަރުގެ ކޮރަލް ފެސްޓިވަލް ހިތަދޫގައި ބާއްވަނީ
މި އަހަރުގެ ކޮރަލް ފެސްޓިވަލް ހިތަދޫގައި ބާއްވަނީ

އެ އިވެންޓް އިންތިޒާމުކުރާ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްގެ ނޫސްބަޔާނެއްގައި ބުނީ މި އަހަރުގެ ކޮރަލް ފެސްޓިވަލް ހިތަދޫގައި ބޭއްވުމަށް އައްޑޫގައި ޓޫރިޒަމްގެ ވިޔަފާރިކުރާ ކައިމޫ ރިސޯޓްސް އެންޑް ހޮޓެލްސްއާއެކު ޕާޓްނާޝިޕް ހަދާފައިވާ ކަމަށެވެ. އެ ފެސްޓިވަލުގައި ބައިވެރިވާ މީހުންގެ އެކޮމޮޑޭޝަނާއި ކެއުން ބަލަހައްޓާނީ ކައިމޫން އައްޑޫގައި ހިންގާ އީކުއޭޓާ ވިލެޖު ރިސޯޓުންނެވެ.

މި އަހަރުގެ ކޮރަލް ފެސްޓިވަލް ހިތަދޫގައި ބާއްވަނީ
މި އަހަރުގެ ކޮރަލް ފެސްޓިވަލް ހިތަދޫގައި ބާއްވަނީ

އެ ފެސްޓިވަލް ބާއްވަނީ އަންނަ ހުކުރު ދުވަހުން ފެށިގެން އާދިއްތަ ދުވަހުގެ ނިޔަލަށެވެ.

މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓުން ބުނީ، ދުނިޔޭގެ މަޝްހޫރު މުރަކައިގެ ތަޖުރިބާކާރުންނާއި ސައިންޓިސްޓުން ފެސްޓިވަލްގައި ބައިވެރިވާނެ ކަމަށެވެ. ރާއްޖޭގެ އަމިއްލަ ޖަމިއްޔާތަކާއި ސިޔާސީ ލީޑަރުންނާއި އާންމުން ވެސް ބައިވެރިވާނެ ކަމަށް ބުންޏެވެ.

ތިން ދުވަހަށް ކުރިއަށް ގެންދާ އެ ފެސްޓިވަލްގައި ތަފާތު ވޯކްޝޮޕްތަކުގެ އިތުރުން މިއުޒިކާއި ދެކުނުގެ ހާއްސަ ކެއުންތައް ވެސް އޮންނާނެ އެވެ. އަމިއްލަ ޖަމިއްޔާތަކުން ކުޑަކުދިންނަށް ހާއްސަކޮށް ބާއްވާ ކުޅިވަރުތައް ވެސް އޮންނާނެ އެވެ.

އައްޑޫގެ ގުދުރަތީ މާހައުލު ދައްކާލުމަށް ހާއްސަ އެކްސްކާޝަންތައް ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ.

މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓުން ފުރަތަމަ ކޮރަލް ފެސްޓިވަލް ބޭއްވީ 2020 ވަނަ އަހަރު ކ. ތުލުސްދޫގަ އެވެ.