ފުވައްމުލަކު "އެޓަރަކްޒިސް" ހޮޓެލްގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު
ފުވައްމުލަކު "އެޓަރަކްޒިސް" ހޮޓެލްގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު

ފުވައްމުލަކުގައި ހުންނަ ލަގްޒަރީ ސިޓީ ހޮޓެލް "އެޓަރަކްޒިސް ގްރޭންޑް އެންޑް ސްޕާ" ގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ،

ފުވައްމުލަކު "އެޓަރަކްޒިސް" ހޮޓެލްގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު
ފުވައްމުލަކު "އެޓަރަކްޒިސް" ހޮޓެލްގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު

އެ ހޮޓެލްގެ އިންސްޓަގްރާމް ޕޭޖުގައި ގިވްއަވޭގައި ހުޅުވާލި އެ ފުރުސަތަކީ ދުނިޔޭގެ ހުރިހާ ހިސާބުތަކެއްގެ މީހުންނަށް ވެސް ބައިވެރިވެވޭނެ އެވެ.

"އެޓަރަކްޒިސް" އިން ހުޅުވާލި އެ ގިވްއަވޭގައި އެ ހޮޓެލްގައި ފަސް ދުވަސް ހޭދަކުރުމުގެ ފުރުސަތު ދެ މީހަކަށް ލިބޭނެ އެވެ. އަދި އެ ގިވްއަވޭގައި ދެ މީހުންގެ ދެ ކޮޅުގެ ޑޮމެސްޓިކް އެއާ ޓްރާންސްފާ ޓިކެޓާއި ފުވަމުލަކުގައި އެއާޕޯޓުން ހޮޓެލަށް ދާ ހަރަދާއި ތިން އިރުގެ ކެއުން ވެސް ވަނީ ހިމަނައިފަ އެވެ. އޭގެ އިތުރުން އަރިފިޔާޅޮ ސާފް ސްކޫލުން ރާޅާ އަޅަން ދަސްކޮށްދިނުމުގެ ސެޝަނަކާއި ފުވައްމުލަކުގެ ޓުއާއަކާއި ޕްރައިވެޓް ބީޗް ޑިނާއެއް ވެސް ހިމެނެ އެވެ.

އެ ގިވްއަވޭގައި ޖަކޫޒީ އަދި ސޯނާ ސެޝަނަކާއި މުޅި ދަތުރުގައި ބޭނުންކުރާނެ ސައިކަލެއް ވެސް ހަމަޖައްސައިދޭނެ އެވެ.

ގިވްއަވޭގައި ބައިވެރިވުމަށް "އެޓަރަކްޒިސް" އާއި އަރިފިޔާޅޯގެ އިންސްޓަގްރާމް ޕޭޖު ފޮލޯކޮށް، "އެޓަރަކްޒިސް"ގެ އިންސްޓަގްރާމް ޕޭޖުގައި ހިމެނޭ ގިވްއަވޭ ޕޯސްޓަށް ލައިކްކޮށް، ތިން މީހަކު ޓެގުކޮށް ޝެއާކުރަން ޖެހޭނެ އެވެ.

"އެޓަރަކްޒިސް" އިން ބުނި ގޮތުގައި އެ ތަނުން ގިވްއަވޭއަކަށް ހުޅުވާލީ ފުވައްމުލަކަކީ ދިވެހިންނާއި ޓޫރިސްޓުންގެ މެދުގައި މަގުބޫލު މަންޒިލަކަށްވުމުން، އެ ރަށާއި ހޮޓެލްގެ ތަޖުރިބާ ހިލޭ ހޯދުމުގެ ފުރުސަތެއް ފަހި ކޮށްދިނުމަށެވެ.

އެ ހޮޓެލްއިން ބުނި ގޮތުގައި ފުވައްމުލަކަކީ ފެމުނު މިޔަރު ގިނަ އަދަދަކަށް ކަނޑު އަޑިން ފެންނަ ރަށަކަށް ވާއިރު، މިޔަރާ އެއްކޮށް ޑައިވްކުރަން ދާން ބޭނުންވާ ފަރާތްތަކަށް އެ ގިވްއަވޭ އަކީ ރަނުގެ ފުރުސަތެއް ކަމަށެވެ.

މި ގިވްއަވޭގައި ބައިވެރިވެވޭނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އަންނަ މަހުގެ 17 ވަނަ ދުވަހު ގިވްއަވޭއިން ހޮވުނު ނަސީބުވެރިޔާ އިއުލާނުކުރާނެ އެވެ.

ގިވްއަވޭއިން ހޮވޭ ފަރާތަކަށް ޖޫން މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު 30 ވަނަ ދުވަހާ ދެމެދުގެ މުއްދަތުގައި މި ގިވްއަވޭގެ ބޭނުން ހިފުމުގެ ފުރުސަތު ލިބޭނެ އެވެ.

ފުވައްމުލަކު ދަޑިމަގު އަވަށު ތުނޑީ ސަރަހައްދުގައި "އެޓަރަކްޒިސް ގްރޭންޑް އެންޑް ސްޕާ" އަކީ 15 ކޮޓަރީގެ ހޮޓަލަކާއި ރެސްޓޯރަންޓުގެ ހިދުމަތް ލިބެން ހުރި ހޮޓެލްއެކެވެ.

އެ ހޮޓަލުގައި ފެމިލީ ދެ ސުއީޓަކާއި ޓްރޮޕިކަލް ސަންރައިޒް ރޫމްތައް ވެސް ހިމެނެ އެވެ.