23 އެޕްރީލް 2023 - 13:20

ޓޯކިޔޯ (އޭޕްރީލް 23) - އުތުރު ކޮރެއާއިން ލޯންޗު ކުރަން ތައްޔާރުވާ، ސެޓްލައިޓް ޖަޕާނުގެ ސަރަހައްދަށް ވަދެއްޖެ ނަމަ، އެ ސެޓްލައިޓް ވައްޓާލަން ތައްޔާރަށް ތިބުމަށް ޖަޕާނުގެ ސަރުކާރުން އަންގައިފި އެވެ.
ޕިއޮންޔަންގް އިން މި ހަފްތާގައި ބުނެފައި ވަނީ އެ ސެޓެލައިޓް ފޮނުވާލަން ތައްޔާރަށް އޮތް ކަމަށާއި ނަމަވެސް އެކަން ކުރުމަށް ދިގު ރާސްތާގެ ބަޑިއެއް ބޭނުންވާ ކަމަށެވެ. އެކަން ކުރަން، އދ. އިން އުތުރު ކޮރެއާ އަށް ވަނީ މަނާކޮށްފަ އެވެ.
ޖަޕާނުން ބުނަނީ އުތުރު ކޮރެއާއިން ލޯންޗު ކުރާ ސެޓްލައިޓްގެ ބޭނުމަކީ ޖާސޫސް ކުރުން ކަމަށެވެ. އެ ގައުމުގެ ޑިފެންސް މިނިސްޓަރު ޔަސުކަޒޫ ހަމާޑާ ވަނީ ޖަޕާނުގެ އަމިއްލަ ދިފާއުގައި ނަގަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ދިފާއީ ބާރުތަކަށް އަންގައިފަ އެވެ.
"އަސްކަރިއްޔާއިން މިސައިލް ވައްޓާލަން ދޭ ހަމަލާގައި ބެލިސްޓިކް މިސައިލެއް ވެއްޓިއްޖެ ނަމަ ގެއްލުން އެންމެ ކުޑަކުރުމަށް އޮކިނާވާގެ ދެކުނަށް ސިފައިން ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނޭ،" ހަމާޑާ ވިދާޅުވި އެވެ.
އުތުރު ކޮރެއާއިން ވަނީ 2012 ވަނަ އަހަރާއި 2016 ވަނަ އަހަރު ނެލަސްޓިކް މިސައިލެއް ޓެސްޓްކޮށްފަ އެވެ. އުތުރު ކޮރެއާއިން ބުނީ އެ ދެ މިސައިލަކީ ވެސް ސެޓްލައިޓް ފޮނުވަން ލޯންޗު ކުރި ސެޓްލައިޓް ކަމަށެވެ. އެ ދެ ފަހަރު ވެސް ޖަޕާނުގެ އޮކިނާވާ ސަރަހައްދުން އުދުހިފަ އެވެ.