"ސްޓްރޭންޖާ ތިންގްސް" ގެ އެކްޓްރެސް މިލީ ރާއްޖޭގައި
"ސްޓްރޭންޖާ ތިންގްސް" ގެ އެކްޓްރެސް މިލީ ރާއްޖޭގައި

ނެޓްފްލިކްސްގެ މަގްބޫލު ސީރީޒް "ސްޓްރޭންޖާ ތިންގްސް" ގެ އެކްޓްރެސް މިލީ ބޮބީ ބްރައުން ރާއްޖެ އަތުވެއްޖެ އެވެ.

މިލީ ރާއްޖެ އައިސް، މަންޓާއެއާގެ ސީޕްލޭނެއް ކައިރީގައި އޭގެ ޕައިލެޓުންނާ އެކު ނަގާފައިވާ ފޮޓޯއެއް މިއަދު އެ އެއާލައިންގެ ފޭސްބުކް ޕޭޖުގައި ވަނީ ޝެއާކޮށްފަ އެވެ.

މިލީ ރާއްޖެ އައީ މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯން ބޮންޖޯވީގެ ދަރި، ޖޭކް ބޮންޖޯވީއާ އެންގޭޖުވިކަން އިއުލާނުކުރިތާ ހަފްތާއެއް ފަހުންނެވެ.

މިލީ އޭނާގެ ލޯބިވެރިޔާ، ޖޭކް އެންގޭޖުވިކަން އިއުލާނުކުރީ ސޯޝަލް މީޑިއާގައި ޝެއާކުރި ފޮޓޯއަކުންނެވެ. އެ ފޮޓޯގައި ބޮންޖޯވީ، މިލީގެ ގައިގައި ބައްދާލައިގެން ހުރިއިރު، އޭނާގެ އަތުގައި އެންގޭޖްމެންޓު އަނގޮޓިއެއް އޮވެ އެވެ.