މާފުށީ ޖަލުގައި ހުރި ބިދޭސީ ގައިދީއަކު މަރުވެއްޖެ
މާފުށީ ޖަލުގައި ހުރި ބިދޭސީ ގައިދީއަކު މަރުވެއްޖެ

ބަދުއަހުލާގީ މައްސަލައަކާ ގުޅިގެން މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ބިދޭސީއަކު މަރުވެއްޖެ އެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނި ގޮތުގައި މަރުވެފައި ވަނީ ބަންގްލަދޭޝް މީހެއް ކަމަށްވާ، އަމީނުލް އިސްލާމް، 29 އެވެ.

އޭނާ މަރުވެފައިވާކަން އެނގުނީ ހެނދުނުގެ ނާސްތާ އަށް ނުހޭލުމުންނެވެ. ކަރެކްޝަނުން ބުނީ އޭނާގެ އެއްވެސް ހަރަކާތެއް އެވަގުތު ނެތުމާ ގުޅިގެން އެމަޖެންސީގައި މާފުށީ ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ހެލްތު ސެންޓަރާ ހަވާލާދީ ކަރެކްޝަނުން ބުނި ގޮތުގައި ހިތްހުއްޓިގެން އޭނާ މަރުވެފައި ކަމަށް ޑޮކްޓަރު ކަނޑައަޅާފައި ވަނީ މެންދަމު 2:10 ހާއިރެވެ.

އޭނާއަކީ ބަދްއަހުލާގީ އަމަލު ހިންގުމާ ގުޅިގެން ހަތް އަހަރު ދުވަހުގެ ހުކުމެއް ތަންފީޒުކުރަމުންދިޔަ މީހެކެވެ. އަދި އޭނާއަކީ އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުންދިޔަ މީހެއް ނޫން ކަމަށް ވެސް އެތަނުން ބުންޏެވެ.

ކަރެކްޝަނުން ބުނީ އޭނާގެ މަރުގެ މައްސަލަ އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސާއި ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ އިތުރުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.