21 އެޕްރީލް 2023 - 08:39

ފިތުރު އީދަށް އުރީދޫން ހާއްސަ ޑޭޓާ އޮފާތަކެއް ތައާރަފްކޮށްފި އެވެ.
މި އޮފާތަކުގެ ތެރޭގައި ހިމެނެނީ ތިން ދުވަހަށް 100 ޖީބީ ލިބޭ ޗުއްޓީ ޕެކާއި އަދި 30 ދުވަހަށް 70ޖީބީ ލިބޭ މަގޭ ޕްލޭން 600 ޕެކެވެ.
މި އޮފާތަކުގެ ތެރެއިން ތިން ދުވަހަށް 100 ޖީބީ ޑޭޓާ ލިބޭ ޕެކަކީ 100ރ.ގެ އެޑް އޮން އެކެވެ. ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ހުރިހާ ކަސްޓަމަރުންނަށް ވެސް މި ޕެކް އެކްޓިވޭޓް ކުރެވޭނެ އެވެ.
މަގޭ ޕްލޭން 600 އަކީ 600ރ.ގެ އެޑްއޮން އެކެވެ. މި އެޑްއޮން އުރީދޫގެ ޕްރިޕެއިޑް ކަސްޓަމަރުންނާއި ޕޯސްޓްޕެއިޑް އަދި ނެޓުހެޔޮ ޕޯސްޓްޕެއިޑް ގެންގުޅޭ ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރެވޭނެ އެވެ.
މި އެޑްއޮންތައް އުރީދޫގެ އެޕުގެ އިތުރުން *929*1# އަށް ޑައިލްކޮށްގެން ވެސް އެކްޓިވޭޓުކުރެވޭނެ އެވެ.
މި އީދު އޮފާތަކުގެ އިތުރުން މާލޭ ސިޓީ ކައުންސިލާ ގުޅިގެން "އުރީދޫ އީދު ސައި"ގެ ނަމުގައި ހާއްސަ ސަޔެއް އީދު ނަމާދަށް ފަހު ވަނީ ބާއްވައިފަ އެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ އުރީދޫގެ ޓީމުތަކުން މި އަހަރު ވެސް އީދު ހަދިޔާ ބަހާނެ އެވެ.