އިޓަލީގެ މުބާރާތުގެ ދެ އިވެންޓުން ލައިބާ ތިންވަނަ ހޯދައިފި
އިޓަލީގެ މުބާރާތުގެ ދެ އިވެންޓުން ލައިބާ ތިންވަނަ ހޯދައިފި

އިޓަލީގެ ބޮލްޒާނޯ ސިޓީގައި އޭޕްރީލް 28-30 އަށް ކުރިއަށް ގެންދިޔަ ބޮޒްނާ ފްރޫލިން އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ މިކްސްޑް ޑަބަލްސް އަދި ޑަބަލްސް އިވެންޓުން ރާއްޖޭގެ ލައިބާ އަހުމަދު މަހްލޫފް (އެލީ) ތިންވަނަ ހޯދައިފި އެވެ.

އިޓަލީގެ މުބާރާތުގެ ދެ އިވެންޓުން ލައިބާ ތިންވަނަ ހޯދައިފި
އިޓަލީގެ މުބާރާތުގެ ދެ އިވެންޓުން ލައިބާ ތިންވަނަ ހޯދައިފި

އެގާރަ އަހަރުން ދަށުގެ އުމުރުފުރާއަށް ހާއްސަ ކޮށްގެން ބާއްވާ މި މުބާރާތުގައި ލައިބާ ވާދަ ކޮށްފައި ވަނީ އަމިއްލަ ގޮތުން ބައިވެރި ވެގެންނެވެ.

އިޓަލީގެ މުބާރާތުގެ ދެ އިވެންޓުން ލައިބާ ތިންވަނަ ހޯދައިފި
އިޓަލީގެ މުބާރާތުގެ ދެ އިވެންޓުން ލައިބާ ތިންވަނަ ހޯދައިފި

މިކްސްޑް ޑަބަލްސް އިވެންޓުގައި ލައިބާގެ ޕާޓްނަރަކީ ސްލޮވީނިއާގެ މެޓިޗް ކެންޒް އޮގޯރެލެކް އެވެ. މި އިވެންތްގެ ސެމީ އަށް ދަތުރު ކުރީ ކުއާޓާ ފައިނަލް ގައި ޗެކް ރިޕަބްލިކްގެ ޔާން ކްލިމާޖް އާއި ގަބްރިއޭލާ ބެގޭނީގެ ޕެއާ ސީދާ ދެ ސެޓުން ބަލިކުރުމަށް ފަހު އެވެ. ސެޓްތައް ގެންދިޔައީ 21-11 އަދި 21-14 އިންނެވެ.

ސެމީ ފައިނަލްގައި ބަލިވީ އޮސްޓްރިއާގެ ޕެއާ އެއް ކަމަށްވާ ފެލިކްސް އޮސްޓެރޭއިޗާ އާއި އެމިލީ ސަން އާ ވާދަކޮށް 21-11 އަދި 21-10 އިންނެވެ.

ޑަބަލްސް އިވެންޓުގައި ލައިބާގެ ޕާޓްނަރަކީ ޗެކް ރިޕަބްލިކްގެ ގަބްރިއޭލާ ބެގޭނީ އެވެ. މި އިވެންތްގެ ސެމީ ގައި ވެސް ވާދަ ކުރަން ޖެހުނީ އޮސްޓްރިއާގެ ޕެއާ އަކާ ދެކޮޅަށެވެ. އޮސްތްރިއާގެ އެމިލީ ސަން އާއި ޕިއާ ޒާން އާ ވާދަކޮށް ބަލިވީ 21-11 އަދި 21-5 އިންނެވެ.

މުބާރާތުގެ ސިންގަލްސް އިވެންޓުގައި ވެސް ލައިބާ ވަނީ ވާދަ ކޮށްފަ އެވެ. ނަމަވެސް ސިންގަލްސްގެ ގުރޫޕް ސްޓޭޖުގެ ތިން މެޗުން ވެސް ލައިބާ ވަނީ ބަލިވެފަ އެވެ. ފުރަތަމަ މެޗުގައި އޮސްޓްރިއާގެ ތިންވަނައަށް ރޭންކް ކުރެވިފައިވާ ހެލީނާ ޕުޝެލް އާ ރަނގަޅު ވާވާދައެއް ކުރެވުނެވެ. ފުރަތަމަ ސެޓް ހެލީނާ 21-19 އިން ކާމިޔާބު ކުރިއިރު ލައިބާ ވަނީ 21-16 އިން ދެވަނަ ސެޓު ގެންގޮސްފަ އެވެ. ނަމަވެސް ބަލިވީ 21-18 އިން ތިންވަނަ ސެޓު ގެއްލުމުންނެވެ.

ސިންގަލްސްގެ ދެވަނަ މެޗުގައި އޮސްޓްރިއާގެ އެމިލީ ސަން އާ ވާދަކޮށް 21-8 އަދި 21-10 އިން ބަލިވިއިރު ތިންވަނަ މެޗުން ބަލިވީ ޖަރުމަންގެ ތިންވަނައަށް ރޭންކް ކުރެވިފައިވާ މާރީ އުލްމަން އާ ވާދަކޮށް 21-5 އަދި 21-8 އިންނެވެ.

ލައިބާ ބުނީ ޔޫރަޕްގެ ތަޖުރިބާކާރު ކުޅުންތެރިންނާ ދެކޮޅަށް ވާދަކޮށް ރަނގަޅު ތަޖުރިބާއެއް ހޯދިއްޖެ ކަމަށާއި މި މުބާރާތުން ބައިވަރު ކަންކަން ދަސްވެއްޖެ ކަމަށެވެ. އަދި އިތުރު މަސައްކަތްތަކާ އެކު އިރާދަ ކުރެއްވިއްޔާ ކުރިމަގުގައި ރަނގަޅު ކާމިޔާބީއެއް ހޯދޭނެ ކަމަށް ވެސް ލައިބާ ވަނީ ބުނެފަ އެވެ.

މިއީ ރާއްޖޭން ބޭރުގެ ބައިނަލްއަގުވާމީ މުބާރާތެއްގައި ލައިބާ ވާދަކުރި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު ބެޑްމިންތަން މުބާރާތްތަކުގައި ވާދަކުރަން ފެށި ލައިބާ ވަނީ ރާއްޖޭގެ މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ކާމިޔާބީތަކެއް ވެސް ހޯދައިފަ އެވެ.

އެންމެ ފުރަތަމަ މިދިޔަ އަހަރުގެ ޖޫން މަހު އަޖްފާން އިންޓަނޭޝަނަލް އެކަޑަމީ އިން ބޭއްވި އައިބާ އޯޕަން ޖޫނިއާ ބެޑްމިންޓަން ޗެމްޕިއަންޝިޕްގައި ވާދަކޮށް 10 އަހަރުން ދަށުގެ ސިންގަލްސް އަދި ޑަބަލްސް އިވެންޓުން ބްރޯންޒް މެޑަލް ހޯދި އެވެ.

އޭގެ ފަހުން މިދިޔަ އަހަރު އޮތް 17 ވަނަ އިންޓަ ސްކޫލް ބެޑްމިންޓަން ޗެމްޕިއަންޝިޕްގައި އައްޑޫ ސިޓީގައި ކުރިއަށް ދިޔަ ދެކުނު ޒޯން ގައި ވަނީ ސިންގަލްސް އިވެންޓުން ރަން މެޑަލް ހާސިލް ކޮށްފަ އެވެ. ސެންޓްރަލް މާލޭ ޒޯންގެ މުބާރާތުގެ ސިންގަލްސް އާއި ޑަބަލްސް އިވެންޓުގެ ގަދަ 16 އާ ހަމައަށް ދަތުރު ކުރި އިރު، ނ. ހޮޅުދޫގައި ބޭއްވި އުތުރު ޒޯންގެ މުބާރާތުގެ 13 އަހަރުން ދަށުގެ ބައިގެ ޑަބަލްސް އިވެންޓުން ވަނީ ބްރޯންޒް މެޑަލް ހޯދައިފަ އެވެ.

ހަމަ އެއާ އެކު މިއަހަރު ޖެނުއަރީގައި ޅ. ނައިފަރުގައި ބޭއްވި ނައިފަރު އޯޕަން މުބާރާތުގައި 15 އަހަރުން ދަށުގެ ޑަބަލްސް އިވެންޓުން ބްރޯންޒް މެޑަލް ހޯދައި، 10 އަހަރުން ދަށުގެ ސިންގަލްސް ބައިން ވަނީ ސިލްވާ މެޑަލް ހޯދައިފަ އެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އަޖްފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކަޑަމީ އިން މާލޭގައި ބޭއްވި ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ ސިންގަލްސް އާއި ޑަބަލްސް އިން ވަނީ އެއްވަނަ ހޯދައިފަ އެވެ.