އެމެރިކާގެ އެންމެ ސްޓައިލިޝް ރައީސަކީ އޮބާމާ
އެމެރިކާގެ އެންމެ ސްޓައިލިޝް ރައީސަކީ އޮބާމާ

އެމެރިކާގެ އެންމެ މަގުބޫލު އަދި ގިނަ ބައެއްގެ ލޯބި ލިބުނު ރައީސުންގެ ތެރޭގައި އެންމެ ފަހުން ވެރިކަން ކުރެއްވި ބަރަކް އޮބާމާ ހިމެނެ އެވެ. އޮބާމާގެ އަނބިކަނބަލުން މިޝޭލް ވެސް ވަރަށް މަގުބޫލެވެ. މިޝޭލްގެ ތަފާތު ސްޓައިލަށް ގިނަ ބައެއްގެ ތައުރީފު ލިބިފައިވެ އެވެ. އެކަމަކު އޮބާމާ ހެދުން އެޅުއްވުމުގެ ސްޓައިލަށް ވެސް ލިބޭ ތަރުހީބު ބޮޑެވެ.

އެމެރިކާގެ އެންމެ ސްޓައިލިޝް ރައީސަކީ އޮބާމާ
އެމެރިކާގެ އެންމެ ސްޓައިލިޝް ރައީސަކީ އޮބާމާ

އޮބާމާ އަކީ އާދަޔާ ހިލާފު ތަފާތު ސްޓައިލަކަށް ހެދުން ތުރުކުރައްވާ ބޭފުޅެއް ނޫނެވެ. ނަމަވެސް އެއީ ވަރަށް ސާދާ އަދި ފުރިހަމަ ސްޓައިލެކޭ ބުނެވިދާނެ އެވެ. އޮބާމާ ތުރުކުރައްވާ ސޫޓު ސްޓައިލުން، ފިރިހެނުންގެ ސްޓައިލް ފުރިހަމަކޮށް ލެވޭނެ ކަމަށް ހެކި ލިބެ އެވެ. އޮބާމާ ކޮންމެ މުނާސަބަތަކަށް ވެސް ސޫޓާއި ފަޓުލޫނު ތުރުކުރައްވަނީ ހަށިގަނޑަށް ހެޔޮވަރުކޮށެވެ. މިއީ ފިރިހެނުންގެ ސްޓައިލްގައި ހިމެނޭ މުހިއްމު ބައެކެވެ.

އެމެރިކާގެ އެންމެ ސްޓައިލިޝް ރައީސަކީ އޮބާމާ
އެމެރިކާގެ އެންމެ ސްޓައިލިޝް ރައީސަކީ އޮބާމާ

ސޫޓު އަބަދުވެސް ލާން ވާނީ ގަޔަށް ހެޔޮވަރު ކޮށެވެ. ނަމަވެސް، އާއްމު ގޮތެއްގައި ފިރިހެނުން ސޫޓު ފަޓުލޫނު ލާފައި ހުންނަ އިރު، ގަޔަށް މާބޮޑަށް ދޫކޮށް ނުވަތަ ބާރުކޮށް ހުންނަކަން ފާހަގަވެ އެވެ. ފަޓުލޫނުގެ ފަސްބަޔަށް ފޮތި ގިނަވެފައި، ސޫޓުގެ އަތް ކުރި މާ ދިގުވެފައި ހުރުމަކީ އާދަވެގެން ފެންނަ ކަންކަމެވެ. އޮބާ އަށް އަހަރު އެމެރިކާގެ ރައީސްގެ ގޮތުގައި ހިދުމަތް ކުރެއްވިއުރު، ހުތުރު ސްޓައިލެއްގެ ސޫޓެއް ތުރުކުރައްވާފައެއް ނުވެ އެވެ.

އެމެރިކާގެ އެންމެ ސްޓައިލިޝް ރައީސަކީ އޮބާމާ
އެމެރިކާގެ އެންމެ ސްޓައިލިޝް ރައީސަކީ އޮބާމާ

ނޫ ކުލައިގެ އެކި ޝޭޑު ބޭނުން ކުރައްވައިގެން ސޫޓު ސްޓައިލް ކޮށްލެވޭނެކަން އޮބާމާ ދައްކުވާދިނެވެ. ގަދަ ނޫ ސޫޓަކާއި، މަޑު ނޫ ގަމީހެއް އަދި ނޫ ކުލައިގެ ރޮނގު ދެމި ޓައިއެއް ގުޅުވާލާފައި ހުންނެވީ ވަރަށް ފުރިހަމަކޮށެވެ.

އެމެރިކާގެ އެންމެ ސްޓައިލިޝް ރައީސަކީ އޮބާމާ
އެމެރިކާގެ އެންމެ ސްޓައިލިޝް ރައީސަކީ އޮބާމާ

ނޫ ކުލައަކީ ފިރިހެނުންނަށް ގުޅޭ ކުލައެކެވެ. އަދި އެކި މުނާސަބަތުތަކަށްވެސް ކަމުދާ ކުލަ އެކެވެ.

އެމެރިކާގެ އެންމެ ސްޓައިލިޝް ރައީސަކީ އޮބާމާ
އެމެރިކާގެ އެންމެ ސްޓައިލިޝް ރައީސަކީ އޮބާމާ

އޮބާމާ ގިނައިން ތުރުކުރެއްވީ ނޫ ކުލަ އެވެ. ނަމަވެސް، ބައެއް މުނާސަބަތުތަކަށް ވޯޑްރޯބް ސްޓައިލް ތަފާތު ކޮށްލައްވާފައިވެ އެވެ. އެގޮތުން އޮބާމާ ޕްރެސް ކޮންފެރެންސަކަށް ތުރުކުރެއްވި މަޑު ބެއިޖް ސޫޓާއި ފަޓުލޫނު ހިމެނެ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މިއީ ސްޓައިލް ކުރަން އުނދަގޫ ކުލަ އެކެވެ. ސަބަބަކީ މި ކުލައިން ސޫޓެއް ފަހަން ޖެހެނީ ގަޔަށް ވަރަށް ހެޔޮވަރުކޮށް ކަމަށް ވާތީ އެވެ. އަދި އޮބާމާގެ މި "ފެޝަން ރިސްކް" ވަރަށް ފުރިހަމަ އެވެ.

ރަސްމީ މުނާސަބަތުތަކަށް ސޫޓާއި ފަޓުލޫނުގެ އިތުރުން، އޮބާމާގެ ކެޝުއަލް ސްޓައިލްވެސް އެހާމެ ނަލަ އެވެ. މަޑު ކްރީމް ކުލައިގެ ޗީނޯޒް އާއި އެކު އޮބާމާ ގުޅުވާލައްވަނީ ގަމީހެއް، ގިރުވާންލީ ޓީޝާޓެއް އަދި އޭގެ މަތީން ޖެކެޓަކުންނެވެ. އޮބާމާގެ މި ސާދާ ސްޓައިލާ އެކު މޫނުގެ ބައްޓަމާ ގުޅޭ އަވި އައިނެއް އަދި އޮކްސްފޯޑް ބޫޓެއް ގުޅުވާލަ އެވެ.

އޮބާމާގެ ސްޓައިލް ބަދަލުވީ ރައީސެއްގެ ގޮތުގައި ހިދުމަތް ކުރައްވަން ފެއްޓެވި ހިސާބަކުން ނޫނެވެ. އޮބާމާގެ ޒުވާން އިރުގެ ފޮޓޯތަކަށް ބަލައިލުމުން މިކަން ޔަގީންވެ އެވެ. ހާވާޑް ޔުނިވާސިޓީގައި ކިޔަވާ ވިދާޅުވި އިރު ނަންގަވާފައިވާ ފޮޓޯތަކުގައި އޮބާމާ އަބަދުވެސް ހުންނަވަނީ ވަރަށް ސާދާ އެކަމަކު ނަލަ ގޮތަކަށް ހެދުން ސްޓައިލް ކުރައްވައިގެނެވެ. ގަޔަށް ހެޔޮވަރު ގަމީސް އަދި ޓާޓްލް ނެކް ޓީޝާޓާ އެކު ބޮމްބާ ޖެކެޓެއް ގުޅުވާލައިފައި ހުރެ އެވެ.

ގަޔަށް ހެޔޮވަރުކޮށް ހެދުން ލުމަކީ ސްޓައިލް ފުރިހަމަކޮށްދޭ ކަމެއްކަން އޮބާމާގެ ސްޓައިލުން ހާމަވެ އެވެ. މިއީ އެކި މުނާސަބަތުތަކަށް ފިރިހެނުން ހެދުން ލައި ސްޓައިލް ކުރާއިރު ސަމާލުވާންޖެހޭ މުހިއްމު ކަމެކެވެ. ގޮތް ބޮޑު ނުވަތަ ގަދަ ކުލައިގެ ގަމީހާއި ފަޓުލޫނުގެ ބަދަލުގައި ވަރަށް ސާދާކޮށް ސްޓައިލް ކުރުން ބުއްދިވެރި އެވެ.