ޕްރޯލެޕުން ކްރެޑިޓް ސްކީމް ތައާރަފްކޮށް އީދު ޕްރޮމޯޝަނެއް
ޕްރޯލެޕުން ކްރެޑިޓް ސްކީމް ތައާރަފްކޮށް އީދު ޕްރޮމޯޝަނެއް

ލެޕްޓޮޕާއި އިލެކްޓްރޯނިކްސް ވިއްކާ "ޕްރޯލެޕް" އިން އީދަށް ހާއްސަކޮށް ޕްރޮމޯޝަނެއް ފަށައި ކްރެޑިޓް ސްކީމެއް ވެސް ތައާރަފްކޮށްފި އެވެ.

ޕްރޯލެޕުން ކްރެޑިޓް ސްކީމް ތައާރަފްކޮށް އީދު ޕްރޮމޯޝަނެއް
ޕްރޯލެޕުން ކްރެޑިޓް ސްކީމް ތައާރަފްކޮށް އީދު ޕްރޮމޯޝަނެއް

މި ޕްރޮމޯޝަންގެ ދަށުން "ޕްރޯލެޕް"ގެ ފިހާރަތަކުން ގަންނަ ކޮންމެ ލެޕްޓޮޕަކަށް 500ރ. ގެ ޑިސްކައުންޓެއް ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ ނިޔަލަށެވެ. ޕްރޯލެޕުން ލިބެން ހުރި ލެޕްޓޮޕް ބްރޭންޑުތަކުގެ ތެރޭގައި ލެނޯވޯ އަދި އެޗްޕީ ފަދަ ބްރޭންޑުތައް ހިމެނެ އެވެ.

ޕްރޯލެޕުން ކްރެޑިޓް ސްކީމް ތައާރަފްކޮށް އީދު ޕްރޮމޯޝަނެއް
ޕްރޯލެޕުން ކްރެޑިޓް ސްކީމް ތައާރަފްކޮށް އީދު ޕްރޮމޯޝަނެއް

މި ޕްރޮމޯޝަނުގެ އިތުރުން އީދާ ދިމާކޮށް އެތަނުން ވަނީ ކްރެޑިޓް ސްކީމަށް މުދާ ނެގޭނެ އިންތިޒާމް ހަމަޖައްސައިފަ އެވެ. މި ސްކީމާއި ޕްރޮމޯޝަންގެ ސަބަބުން އީދަށް އެ ފިހާރައިގެ އައިޓަމެއް ގަނެ ހަދިޔާކުރުމަށް ފަސޭހައަކަށް ވާނެ ކަމަށް ޕްރޯލެޕުން ބުންޏެވެ. ކްރެޑިޓް ސްކީމަށް ޕްރޯލެޕްގެ ހުރިހާ ފިހާރައެއްގެ ހުރިހާ އައިޓަމެއް ވެސް ގަނެވޭނެ އެވެ.

ޕްރޯލެޕުން ކްރެޑިޓް ސްކީމް ތައާރަފްކޮށް އީދު ޕްރޮމޯޝަނެއް
ޕްރޯލެޕުން ކްރެޑިޓް ސްކީމް ތައާރަފްކޮށް އީދު ޕްރޮމޯޝަނެއް

"ޕްރޯލެޕް" ގައި ވައިފައި ރޭންޖު ވަރުގަދަކޮށްދޭ ޑިވައިސްއެއް ވެސް ވަނީ ވިއްކަން ފަށައިފަ އެވެ. އެ ޑިވައިސް މެދުވެރިކޮށް ވައިފައި ރޭންޖު ދަށް ސަރަހައްދުތަކަށް، ރޭންޖު ރަނގަޅުކޮށް ފޯރުކޮށްދިނުމަށް ބޭނުން ކުރެވޭނެ އެވެ. މިއީ އޮފީސްތަކާއި ގޭގައި ވެސް ބޭނުން ކުރެވޭނެ ޑިވައިސްއެއް ކަމަށް ޕްރޯލެޕްއިން ބުންޏެވެ.

އެތަނުން ގަންނަ ޕްރޮޑަކްޓުތަކަށް ޑެލިވަރީގެ ހިދުމަތް ދެ އެވެ. އަދި ކޮމްޕިއުޓަރާއި ލެޕްޓޮޕް މަރާމާތުކޮށްދޭ ސާވިސް ސެންޓަރެއް ވެސް ހުރެ އެވެ.

ޕްރޯލެޕްގެ ހިދުމަތްތަކާއި ޕްރޮޑަކްޓުތަކާ ގުޅޭ އިތުރު މައުލޫމާތު 7961010 އިން ލިބޭނެ އެވެ. ޕްރޯލެޕްގެ ފިހާރަ މާލެ އަދި ހުޅުމާލޭގައި ހުރެ އެވެ.