ފިތުރު ޒަކާތުގެ ގޮތުގައި 6.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ
ފިތުރު ޒަކާތުގެ ގޮތުގައި 6.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ

ފިތުރު ޒަކާތުގެ ގޮތުގައި 6.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި ތިން ރޯދަ މަހުގެ ފުރަތަމަ 25 ދުވަހަށް ވުރެ މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ 25 ގައި ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ގިނަ އެވެ.

މި ރޯދައިގެ ފުރަތަމަ 25 ގައި ޒަކާތުގެ ގޮތުގައި 6،108،560ރ ލިބިފައިވެ އެވެ.

އެ އަދަދު، 2020 ވަނަ އަހަރު ހުރީ 5،979،474ރ. ގަ އެވެ. ޖެހިގެން އައި 2021 ވަނަ އަހަރުގެ ރޯދަ މަހުގެ ފުރަތަމަ 25 ގައި ޒަކާތުގެ ގޮތުގައި 5،319،664ރ ލިބުނެވެ. އަދި މިދިޔަ އަހަރުގެ އެ މުއްދަތުގައި 5،943،196ރ. ލިބުނެވެ.

ޒަކާތް ބަލައިގަތުން ބަނޑޭރިޕޭ ފިޔަވައި އެހެން ޕްލެޓްފޯމްތަކުން ވަނީ މެދުކަނޑާލައިފަ އެވެ. އެ ޕްލެޓުފޯމް މެދުވެރިކޮށް ރޯދަ މަހުގެ ފަހު ދުވަހުގެ 6:00 އާ ހަމައަށް އޮންނާނެ އވެެ.

މިނިސްޓްރީން ވަނީ ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަހަން ވެސް ފަށައިފަ އެވެ. މަޖީދިއްޔާ ސްކޫލުގެ ސަލާހުއްދީން ހޯލުގައި މާދަމާގެ ނިޔަލަށް ޒަކާތް ބަހާނެ އެވެ.