ޝްރައްދާގެ ހޮރޯ-ކޮމެޑީ "ސްޓްރީ" ގެ ދެވަނަ ބައެއް!
ޝްރައްދާގެ ހޮރޯ-ކޮމެޑީ "ސްޓްރީ" ގެ ދެވަނަ ބައެއް!

ބޮލީވުޑްގެ ބަތަލާ، ޝްރައްދާ ކަޕޫރުގެ މަޝްހޫރު ހޮރޯ-ކޮމެޑީ ފިލްމު "ސްޓްރީ" ގެ ދެވަނަ ބައެއް، ރިލީޒްކުރާ ތާރީހާ އެކު އިއުލާނުކޮށްފަ އެވެ.

ޝްރައްދާއާ އެކު ރާޖްކުމާރް ރާއޯ ވެސް އުޅޭ "ސްޓްރީ" ގެ ދެވަނަ ބައި އިއުލާނުކޮށްފައި ވަނީ ޖިއޯ ސްޓޫޑިއޯސް އިން ބޭއްވި އިވެންޓެއްގެ ތެރެއިން، ފިލްމުގެ ކާސްޓުން ހުށަހަޅައިދިން ޑްރާމާ އަކުންނެވެ.

ހެއްވާ މަޖާ އަދި ބިރުވެރި ގިނަ މަންޒަރުތަކެއް ހިމެނޭ، 2018 ވަނަ އަހަރު ނިކުތް "ސްޓްރީ" އަށް ވަނީ ފޭނުންނާއި ކްރިޓިކްސްގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފަ އެވެ.

ދިނޭޝް ވިޖަން ޕްރޮޑިއުސްކުރާ "ސްޓްރީ 2" ގައި، ފުރަތަމަ ބައިގެ އުޅުނު ކާސްޓުން އެނބުރި އައުމަށް ވަނީ ހަމަޖެހިފަ އެވެ.

ޝްރައްދާއާ އެކު ރާޖްކުމާރް ރާއޯ ލީޑުން ފެންނަ "ސްޓްރީ" ގެ ދެވަނަ ބައި ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގަ އެވެ.