ވަގެއް ކަމަށް ހީކޮށް އެމެރިކާ މީހަކު އަނބިމީހާ މަރާލައިފި
ވަގެއް ކަމަށް ހީކޮށް އެމެރިކާ މީހަކު އަނބިމީހާ މަރާލައިފި

ގެޔަށް ވަދެގެން އުޅޭ ވަގެއް ކަމަށް ހީކޮށް އެމެރިކާގެ 49 އަހަރުގެ ފިރިހެނަކަށް އޮޅިގެން އޭނާގެ އަނބިމީހާ ގަޔަށް ބަޑިޖަހައި މަރާލެވިއްޖެ އެވެ.

ވަގެއް ކަމަށް ހީކޮށް އެމެރިކާ މީހަކު އަނބިމީހާ މަރާލައިފި
ވަގެއް ކަމަށް ހީކޮށް އެމެރިކާ މީހަކު އަނބިމީހާ މަރާލައިފި

ނޯތު ކެރޮލައިނާގެ ގޯލްޑްސްބޮރޯގައި ހުންނަ ގެއަށް ފުލުހުން ދިޔައިރު ވެސް އަންހެން މީހާ އޮތީ މަރުވެފަ އެވެ.

ގިނާ ވިލިއަމްސް، 48، އޮތީ ބޭރުގައި އޮތް ހުސް ތަނަކަށް ވެއްޓިފަ އެވެ. އޭނާގެ ވަޒަން އަރާފައި ވަނީ ކަރަށެވެ.

ވިލިއަމްސް އޭރު ވެސް އަންހެނުން ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔަ އެވެ. ފުލުހުން ވަނީ ގޭތެރެއަށް އެއްލާލާފައި އޮތް ބަޑި ހޯދާފަ އެވެ. އަދި ފުލުހުން ދިޔައިރު ވެސް އަންހެންމީހާ މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި އެކްސިޑެންޓްގެ ތަހުގީގަށް ފާހަގަ ކުރެވުނު ގޮތުގައި އެ ހާދިސާ ހިނގި ރޭ ކަމަށްވާ މިދިޔަ ބުރާސްފަތި ދުވަހުގެ ވިލިއަމްސްގެ އަނބިމީހާ ވަނީ އިރުއޮއްސި 6:00 ޖެހިއިރު އޭނާގެ ވަޒީފާއަށް ގޮސްފަ އެވެ. އޭނާއަކީ ރޭގަނޑު ޝިފްޓްގައި މަސައްކަތްކުރާ މީހަކަށް ވާތީ ހެނދުނު 8:00 ގެ ކުރިން އޭނާ އެނބުރި އަންނާނެ ކަމަކަށް އޭނާގެ ފިރިމީހާ ހިއެއް ނުކުރެ އެވެ.

ފުލުހުން ބުނަނީ އެ ދެމަފިރިންގެ ދެ ދަރިން ކުރެ އެއް ކުއްޖަކަށް ބޭރު ދޮރުގެ ކައިރިން އަޑެއް އިވެން ފެށުމުން، މީހަކު ބޭރު ދޮރު ހަލާކުކޮށްލަން މަސައްކަތް ކުރަނީ ކަމަށް ހީވީ އެވެ. އެހެންވެ އެކުދިންގެ ބައްޕަ އަށް ގޮވައި ހޭލެއްވީ އެވެ.

އަންހެނުން މަސައްކަތްކުރާ ތަނުގައި ހުރެފައި މާ އަވަހަށް ގެއަށް އައީ ކަމަކަށް ވިލިއަމްސް ހިއެއް ނުކުރެ އެވެ. އަދި ބޭރަށް ނުކުންނަން ހުންނަ ދޮރާ ދިމާލުގައި ހުންނަ ބޮކި ވެސް ނިއްވާލާފައި ހުރުމުން އެތަން އޮތީ އަނދިރިކޮށެވެ. ވިލިއަމް ވަނީ ދޮރު ހުޅުވާލުމާއެކު ކުރިމަތީގައި ހުރި މީހާގެ ގަޔަށް ބަޑި ޖަހައިފަ އެވެ.

ފުލުހުން ބުނީ ވިލިއަމްސް ބަޑި ޖެހީ އެންމެ ފަހަރަކު ކަމަށެވެ. އެ ވަޒަން އެރީ އަންހެނުންގެ ކަރަށް ކަމަށާއި ވަގުތުން އޭނާ މަރުވިކަމަށް ވެސް ފުލުހުން ބުންޏެވެ.