އެމް-ފައިސާއިން ޒަކާތް ދެއްކޭނީ މިރޭގެ ނިޔަލަށް
އެމް-ފައިސާއިން ޒަކާތް ދެއްކޭނީ މިރޭގެ ނިޔަލަށް

އުރީދޫގެ ކަސްޓަމަރުން އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކޭނީ މިރޭގެ ނިޔަލަށް ކަމަށް އުރީދޫއިން ބުނެފި އެވެ.

އުރީދޫއިން ބުނި ގޮތުގައި މިރޭގެ 11:59ގެ ނިޔަލަށް އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކޭނެ އެވެ. އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމަށް އެމް-ފައިސާއަށް ލޮގިންކުރުމަށް ފަހު ޒަކާތް ދައްކަން ބޭނުންވާ ބާވަތެއް ހިޔާރުކުރަން ޖެހޭނެ އެވެ. އެއަށް ފަހު، އެމް-ފައިސާ ހިޔާރުކޮށް ވޮލެޓް ނަމްބަރު ޖަހައި ފޯނަށް އަންނަ އޯޓީޕީ އެންޓާކުރުމުން ޒަކާތް ދެއްކުނީ އެވެ.

އުރީދޫއިން އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސާފައި ވަނީ ގޭގައި ތިބެގެން ފަސޭހައިން ޒަކާތް ދެއްކުމަށް މަގު ފަހިކޮށްދިނުމަށެވެ.

އެމް-ފައިސާ ނުގެންގުޅޭ ކަސްޓަމަރުންނަށް #909* އަށް ޑައިލް ކޮށްގެން ފިތުރު ޒަކާތް ދެއްކޭނެ އެވެ.

ރޯދަމަހަށް ހާއްސަކޮށް އުރީދޫއިން ވަނީ އެމް-ފައިސާ މެދުވެރިކޮށް ކެންސާ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތިއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖައްސާފަ އެވެ. އަދި މިޝަން ފޯ މައިގްރަންޓް ވޯކާސްއާ ގުޅިގެން އެމް-ފައިސާ މެދުވެރިކޮށް ބިދޭސީ މަސައްކަތްތެރިންނަށް ރޯދަ ވިއްލާ ޕެކެއް ހަދިޔާ ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.

އެމް-ފައިސާ އަކީ އުރީދޫގެ ޑިޖިޓަލް ވޮލެޓެވެ. އެ އެޕް މެދުވެރިކޮށް ގޭހާއި، ކަރަންޓު އަދި ފެން ބިލާއި ރެސްޓޯރަންޓްތަކާއި ފިހާރަތަކަށް ފައިސާ ދެއްކޭނެ އެވެ. އަދި އާއިލާ އާއި ރައްޓެހިންނަށް ވެސް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ފޮނުވޭނެއެވެ.

އެމް-ފައިސާގެ ހިދުމްތަ ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް ވެސް ލިބޭނެ އެވެ.