މަޝްހޫރު ފިލްމު ފްރަންޗައިޒް "ޖޯން ވިކް" ގެ ސްޕިން އޮފް ސީރިޒް "ދަ ކޮންޓިނެންޓަލް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

"ޖޯން ވިކް" ގެ ދުނިޔެ ފުޅާކުރުމުގެ ގޮތުން ހަދާފައިވާ އެ މިނީސީރީޒްގައި ފިލްމުތަކުގެ މެއިން ކެރެކްޓާ ޖޯން ވިކް (ކިއާނޫ ރީވްސް) ނުފެނަސް، ގިނަ އެކްޝަން ސީންތަކެއް ފެންނާނެކަން ފުރަތަމަ ޓްރެއިލާއިން އެނގެ އެވެ.

މިދިޔަ މަހު ނިކުތް "ޖޯން ވިކް؛ ޗެޕްޓަ 4" އާ އެކު މީގެ ކުރިން ނިކުތް ފިލްމުތަކުގައި ގެނެސްދީފައި ވަނީ ކުރީގެ ހިޓްމޭން (ޖޯން ވިކް) އެއް، ބަދަލުހިފުމުގެ މަގްސަދުގައި އެނބުރި ކުށޤވެރިންގެ ދުނިޔެއަށް އަންނަ ތަނެވެ. އެކަމަކު، "ދަ ކޮންޓިނެންޓަލް" ގައި ދައްކައިދޭނީ، "ޖޯން ވިކް" ފިލްމުތަކުގެ ޓައިމްލައިނަށްޥޫޜޭ ކުރީގައި ހިނގާދިޔަ ކަންކަމެވެ.

"ދަ ކޮންޓިނެންޓަލް" އަކީ ފިލްމު ސީކުއެލްގައި އުޅުނު ގިނައަދަދެއްގެ ހިޓްމޭނުންނާޢި ކުއްވެރިން ގޮސްއުޅުނު މަގްބޫލު ހޮޓެލް ޗެއިނަކަށް ކިޔާ ނަމެކެވެ. މި ސީރީޒްގައި އަލިއަޅުވާލާނީ ހިޓްމޭނުންގެ ހަބަކަށް އެ ހޮޓެލް ވި ގޮތުގެ މައްޗަށެވެ.

ތިން އެޕިސޯޑުގެ އެ މިނީ ސީރީޒް ޕްރިމިއާ ކުރަން ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހު، ޕީކޮކް ޓީވީންނެވެ.