16 އެޕްރީލް 2023 - 13:45

ފިތުރު އީދަށް ހާއްސަކޮށް "އިލާލާ" އިން ވިއްކާ ހެދުންތަކުގެ ސްޓޮކް އާކޮށްފި އެވެ.
އެ ފިހާރައިން ބުނި ގޮތުގައި އެތަނުން ވިއްކާ ޓީބީވައި، ޒާރާ އަދި ލީވައިޒް ބްރޭންޑުގެ އާ މުދާ ވަނީ ގެނެސްފަ އެވެ. އަދި އެ ފިހާރައިގެ އަމިއްލަ ބްރޭންޑް "ކައުރީ"ގެ 45 އާ ޑިޒައިނެއް ހިމެނޭ ގަމީސްތަކެއް ވެސް ވަނީ ނެރެފަ އެވެ.
"އިލާލާ" އިން ބުނީ ޗުއްޓީ ދުވަސްވަރުގައި އާއްމުކޮށް ލާ ސޯޓާއި، ޓީޝާޓު އަދި ތޮފީގެ "ކައުރީ" ބްރޭންޑުގެ ޑިޒައުންތަކެއް ވެސް އެ ފިހާރައިން ލިބޭނެ ކަމަށެވެ. އަދި އެކި ވައްތަރުގެ އެކި ސްޓައިލްތަކުގެ ޖިންސާއި، ގަމީހާއި ޓީޝާޓު ވެސް ލިބޭނެ ކަމަށާއި އެކި ސައިޒާއި ކުލަތަކުގެ ހެދުންތައް ލިބެން ހުންނާނެ ކަމަށް އެ ފިހާރައިން ބުނެ އެވެ.
"އިލާލާ" ފިހާރަ އަކީ ފިރިހެނުންނަށް ހާއްސަ އެކި ފެޝަން ބްރޭންޑުގެ އެކި އައިޓަމްތައް ވިއްކާ ފިހާރައެކެވެ. އެ ފިހާރައިގައި ފިރިހެނުންނަށް ހާއްސަ އޮފިޝަލް އަދި ކެޝުއަލް އެކި ވައްތަރުގެ ގަމީހާއި ފަޓުލޫނު އަދި ޖީންސް ހުރެ އެވެ. އޭގެ އިތުރުން ފިރިހެނުންނަށް ހާއްސަ އެކި އެސަސަރީތަކާއި، ހުޑީ، ސްވެޓްޕޭންޓްސް އަދި ސޯޓު ވެސް އެ ތަނުން ލިބެ އެވެ.
"އިލާލާ"ގެ ސޯޝަލް މީޑިއާ ޕޭޖުތައް މެދުވެރިކޮށް އޮންލައިންކޮށް ވެސް ވިޔަފާރި ކުރެވޭނެ އެވެ. އޮންލައިން ކޮށް ގަންނަ މުދާ ޑެލިވާކޮށްދޭނެ އެވެ.