އުމްރާއަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ
އުމްރާއަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ

އުމްރާއަށް ގޮސް އުޅެނިކޮށް ގެއްލުނު ދިވެހި މީހާ ފެނިފައިވާ ކަމަށް އޭނާ އުމްރާއަށް ދިޔައީ ތާބިތް ހައްޖު އެންޑް އުމްރާ ގުރޫޕުން ބުނެފި އެވެ.

މައްކާގައި ގެއްލިގެން ހޯދަމުން ދިޔައީ ހއ. ހޯރަފުށީ، ނޫވިލާގެ، ފާތިމަތު ވަހީދާ އެވެ. ވަހީދާ ގެއްލުނީ ރޭ ދަމުނަމާދަށް އާއިލާ މެމްބަރުންނާއެކު ގޮސް އުޅެނިކޮށެވެ.

ތާބިތް ގުރޫޕްގެ ފޭސްބުކް ޕޭޖުގައި ބުނެފައި ވަނީ މިހާރު އޭނާ ފެނިފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށެވެ.

ހައްޖާއި އުމްރާއަށް ދާ މީހުން ގެއްލިގެން ހޯދަންޖެހުމަކީ ވެސް ކޮންމެ އަހަރަކުވެސް އާންމުކޮށް ހިނގާ ކަމެކެވެ.