ރީތި ރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ހަތް ދަރިވަރަކު ގްރެޖުއޭޓް ވެއްޖެ
ރީތި ރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ހަތް ދަރިވަރަކު ގްރެޖުއޭޓް ވެއްޖެ

ރީތި ރަށް ރިސޯޓުގެ މިދިޔަ އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ހަތް ދަރިވަރަކު މިއަދު ގްރެޖުއޭޓްވެއްޖެ އެވެ.

ރީތި ރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ހަތް ދަރިވަރަކު ގްރެޖުއޭޓް ވެއްޖެ
ރީތި ރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ހަތް ދަރިވަރަކު ގްރެޖުއޭޓް ވެއްޖެ

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލު ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.

ރީތި ރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ހަތް ދަރިވަރަކު ގްރެޖުއޭޓް ވެއްޖެ
ރީތި ރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުން ހަތް ދަރިވަރަކު ގްރެޖުއޭޓް ވެއްޖެ

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. އާއިޝަތު ވިދާޅުވީ މިފަދަ ޕްރޮގްރާމުތައް އިތުރުކުރަންޖެހޭ ކަމަށާއި އޭގެ ސަބަބުން ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ވަނީ ފަސް އަހަރު ތެރޭގައި 94،000 ވަޒީފާ އުފައްދަން ވައުދުވެފައި ކަމަށާއި އެ ވަޒީފާތަކަށް ޒުވާނުން އަހުލުވެރި ކުރުވަން މަސައްކަތް ކުރަމުން އަންނަކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މި ސަރުކާރުން ވަނީ ތަފާތު ވޮކޭޝަނަލް ޕްރޮގްރާމްތައް ހިންގާފައި. އޭގެ ތެރެއިން 1115 ދަރިވަރުން 2015 ވަނަ އަހަރު ކިޔެވުން ނިންމާލައި ގްރެޖުއޭޓް ވެއްޖެ. އަދި 2879 ދަރިވަރުން އަންނަނީ މިހާރު ވެސް ވޮކޭޝަނަލް ޕްރޮގްރާމްތައް ހިންގަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

ތަފާތު އެކި ހުނަރުތައް ދަސްކޮށްދޭން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ތަފާތު ސްޓްރީމްތައް ފަށައިފަ އެވެ. މިނިސްޓަރު ވިދާޅުވީ އެ ޕްރޮގްރާމްތަކަށް ވަރަށް ދުނިޔޭގެ ސަމާލުކަން ލިބިފައިވާ ކަމަށެވެ.

ޓޫރިޒަމްގެ ދާއިރާ އަށް މީހުން ތަމްރީނު ކުރަން ރީތި ރަށް ރިސޯޓުން ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 90 ޕަސެންޓް ދަރިވަރުން މިހާރު ވަޒީފާ އަދާކުރަމުން އަންނަ ކަމަށް އެ ރިސޯޓުން ބުންޏެވެ. އަދި އެ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް އެ ރިސޯޓުން ބުންޏެވެ.

މިއަހަރުގެ ޕްރޮގްރާމު ވެސް، 10 ދަރިވަރުންނާއެކު އަންނަ މަހު ފަށާނެ ކަމަށް ރީތި ރަށުން ބުންޏެވެ.

މިިދިޔަ އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފެށީ 10 ދަރިވަރުންނާ އެކު އެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާ ހުރެ ތިން ދަރިވަރަކު ވަނީ ޕްރޮގްރާމުން ވަކިވެފަ އެވެ. މިދިޔަ އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުން އެއް ވަނަ ލިބުނީ މުހައްމަދު މިސާލަށެވެ.