އެމްސްޓެޑަމް އެއާޕޯޓުން އަލިމަސް ވަގަށް ނެގި މީހުން 12 އަހަރު ފަހުން ހައްޔަރުކޮށްފި
އެމްސްޓެޑަމް އެއާޕޯޓުން އަލިމަސް ވަގަށް ނެގި މީހުން 12 އަހަރު ފަހުން ހައްޔަރުކޮށްފި

އެމްސްޓެޑަމް (ޖެނުއަރީ 23) - ނެދަލޭންޑްސްގެ މަޝްހޫރު ސްކިޕޯލް އެއާޕޯޓުން 2005 ވަނަ އަހަރު 80 މިލިއަން ޑޮލަރު (64 މިލިއަން ޕައުންޑު) ގެ އަގުހުރި އަލިމަސް ވަގަށް ނެގި ކަމަށް ބެލެވޭ ހަތް މީހުން ހައްޔަރުކޮށްފި އެވެ.

ނެދަލޭންޑްސް ފުލުހުން ބުނީ ފަސް ފިރިހެނުންނާއި ދެ އަންހެނުން ހިމެނޭ މި ގޭންގް ހައްޔަރުކޮށްފައި ވަނީ އެމްސްޓެޑަމާއި ސްޕޭނުގެ ވެލެންސިއާ އިންނެވެ. ފުރަން ގޮސް ތިބި މި ގްރޫޕުން އަލިމަސް ވަގަށް ނެގީ އެއާޕޯޓުގެ މަސައްކަތު މީހުންނަށް ހެދިގެންނެވެ. ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ އެ ސަރަހައްދަށް ގޭންގު މީހުން ވަދެގަތީ ކޭއެލްއެމްގެ ކާރެއްގަ އެވެ. އެއާޕޯޓުގައި މި އަލިމަސްތައް ބަހައްޓާފައި ހުރީ ބެލްޖިއަމް އަށް ފޮނުވުމަށެވެ. ވަގަށް ނެގި އަލިމަހުގެ ތެރޭން ބައެއް ތަކެތި ވަނީ ކާރެއްގެ ތެރޭން ހޯދައިފަ އެވެ. އެކަމަކު އަދިވެސް 40 މިލިއަން ޕައުންޑުގެ އަގު ހުރި އަލިމަސް ނުފެނެ އެވެ.

ފެބްރުއަރީ 2003 - ބެލްޖިއަމްގެ ޑައިމަންޑް ސެންޓަރަކުން ވަގުން ވަނީ 100 މިލިއަން ޔޫރޯގެ ޖަވާހިރު ވަގަށް ނަގާފައި.

ފެބްރުއަރީ 2005 - ހަތިޔާރު އަޅައިގެން ތިބި ގްރޫޕަކުން ވަނީ އެމްސްޓެޑަމްގެ އެއާޕޯޓުގައި 100 މިލިއަން ޑޮލަރުގެ އަލިމަހާއި އެހެން ޖަވާހިރު ގެންދިޔަ ލޮރީއެއް ހައިޖެކްކޮށްފައި.

ޑިސެމްބަރު 2008 - ޕެރިހުގެ ޖަވާހިރު މައުރަޒަކުން ތިން މީހަކު ވަނީ 113 މިލިއަން ޑޮލަރުގެ ޖަވާހިރު ވަގަށް ނަގާފައި.

އޮގަސްޓް 2009 - ލަންޑަނުގެ ގްރާފް ޑައިމަންޑްސް އަށް ބަޔަކު ހަމަލާދީ 61 މިލިއަން ޑޮލަރުގެ އަލިމަސް ވަގަށް ނެގި.

ޖުލައި 2013 - ފްރާންސްގެ ކޭންގެ ހޮޓަލެއްގައި އޮތް މައުރަޒަކަށް ހަތިޔާރު އަޅައިގެން ހުރި މީހަކު ހަމަލާދީ 53 މިލިއަން ޑޮލަރުގެ ޖަވާހިރު ވަގަށް ނެގި.

އެޕްރީލް 2015 - ލަންޑަނުގެ ހެޓަން ގާޑަން އޭރިޔާ އިން ވަނީ 17 މިލިއަން ޑޮލަރުގެ އަލިމަސް ވަގަށް ނަގާފައި.