އާލިއާ ފުރަތަމަ ފަހަރަށް މެޓް ގާލާ އަށް
އާލިއާ ފުރަތަމަ ފަހަރަށް މެޓް ގާލާ އަށް

ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް ފުރަތަމަ ފަހަރަށް މެޓް ގާލާ އަށް ދާން ތައްޔާރުވެއްޖެ އެވެ.

މެޓް ގާލާ އަކީ ވޯގް މަޖައްލާއިން އިންތިޒާމުކޮށްގެން ބާއްވާ ފެޝަންގެ ދުނިޔޭގައި އެންމެ ބޮޑު އިވެންޓެވެ. އެ އިވެންޓުގައި މީގެ ކުރިން ޕްރިޔަންކާ ޗޯޕްރާ އާއި ދީޕިކާ ޕަދުކޯން ފަދަ ބޮލީވުޑް ތަރިން ވަނީ ބައިވެރިވެފަ އެވެ.

"އެލް" ނޫހުން ރިޕޯޓުކުރި ގޮތުގައި، މެޓް ގާލާގައި އާލިއާ ލާނީ އެމެރިކާގެ ފެޝަން ޑިޒައިނަރު، ޕްރަބަލް ގުރުންގެ ހެދުމެކެވެ.

އާލިއާގެ ފުރަތަމަ މެޓް ގާލާ އަށް ދާން ފުރުސަތު ލިބިފައި ވަނީ އޭނާގެ ހޮލީވުޑް ޑެބިއުގެ ވެސް ކުރިންނެވެ.

ޖޭމީ ޑޯނަން އާއި ގާލް ގަޑޮޓްއާ އެކު ކުޅެފައިވާ އާލިއާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން" ޕްރިމިއާ ކުރަން ހަމަޖެހިފައިވަނީ އަންނަ އޯގަސްޓު މަހު 11 ވަނަ ދުވަހު އެވެ.

އޭގެ އިތުރުން، މި މަހު 18 ގައި ނެރޭ ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ފިލްމުގައި ވެސް އާލިއާ ފެންނާނެ އެވެ.

ގިނަ އަދަދެއްގެ ސެލެބްރިޓީން ބައިވެރިވާ މެޓް ގާލާ ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހު އެވެ.