"ސްޓްރޭންޖާ ތިންގްސް" ގެ ތަރި، މިލީ އެންގޭޖުވެއްޖެ!
"ސްޓްރޭންޖާ ތިންގްސް" ގެ ތަރި، މިލީ އެންގޭޖުވެއްޖެ!

ނެޓްފްލިކްސްގެ "ސްޓްރޭންޖާ ތިންގްސް" ސީރީޒް އިން ވިދާލި އެކްޓްރެސް، މިލީ ބޮބީ ބްރައުން އެންގޭޖުވެއްޖެ އެވެ.

"ސްޓްރޭންޖާ ތިންގްސް" ގެ ތަރި، މިލީ އެންގޭޖުވެއްޖެ!
"ސްޓްރޭންޖާ ތިންގްސް" ގެ ތަރި، މިލީ އެންގޭޖުވެއްޖެ!

މިލީ އޭނާގެ ލޯބިވެރިޔާ، ޖޭކް ބޮންޖޯވީއާ އެންގޭޖުވިކަން އިއުލާނުކުރީ ސޯޝަލް މީޑިއާގައި ޝެއާކުރި ފޮޓޯއަކުންނެވެ. އެ ފޮޓޯގައި ބޮންޖޯވީ، މިލީގެ ގައިގައި ބައްދާލައިގެން ހުރިއިރު، އޭނާގެ އަތުގައި އެންގޭޖްމެންޓު އަނގޮޓިއެއް އޮވެ އެވެ.

ޓޭލާ ސްވިފްޓުގެ "ލަވާ" ލަވައިގެ ލިރިކްސްއަކާ އެކު ޝެއާކުރި އެ ފޮޓޯއަށް ކޮމެންޓުކުރި ފޭނުންނާއި، ސެލެބްރިޓީން ވަނީ އެ ދެމީހުންނަށް މަރުހަބާ ކިޔައިފަ އެވެ.

އުމުރުން 20 އަހަރުގެ ބޮންޖޯވީ އަކީ ވެސް އެކްޓަރެކެވެ. އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯން ބޮންޖޯވީގެ ދަރިފުޅެވެ. އޭނާ ވެސް ވަނީ ސޯޝަލްމީޑިއާގައި އެ ދެމީހުންގެ ފޮޓޯ ހިއްސާކޮށް، އެ ހަބަރު އިއުލާނުކޮށްފަ އެވެ.

މިލީ އެންމެ ފުރަތަމަ އޭނާގެ ފޮލޯވާސް އަށް ބޮންޖޯވީ ތައާރަފްކޮށްދިނީ 2021 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ދެމީހުން ރައްޓެހިވެގެން އުޅޭކަން ވަނީ ކަށަވަރުކޮށްދީފަ އެވެ. އޭގެ ފަހުން، އެ ދެމީހުން ވެސް އަންނަނީ އެކުގައި ނަގާފައި ހުރި ފޮޓޯތައް ސޯޝާލް މީޑިއާގައި ޝެއާ ކުރަމުންނެވެ.