އޯ ލެވެލްގައި ބިޒްނަސް ނޫން ހުރިހާ މާއްދާއަކުން ބޮޑު ކާމިޔާބީއެއް
އޯ ލެވެލްގައި ބިޒްނަސް ނޫން ހުރިހާ މާއްދާއަކުން ބޮޑު ކާމިޔާބީއެއް

މިދޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގައި ބިޒްނަސް ސްޓަޑީޒް ނޫން ހުރިހާ މާއްދާއަކުން ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ

އޯ ލެވެލްގައި ބިޒްނަސް ނޫން ހުރިހާ މާއްދާއަކުން ބޮޑު ކާމިޔާބީއެއް
އޯ ލެވެލްގައި ބިޒްނަސް ނޫން ހުރިހާ މާއްދާއަކުން ބޮޑު ކާމިޔާބީއެއް

އޯ ލެވެލް އާއި އެސްއެސްސީ އިމްތިހާނުގެ ވަގުތީ ނަތީޖާ އާއްމުކުރަން އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2015 އަހަރާ ބަލާއިރު މިދިޔަ އަހަރު ވަނީ އޯ ލެވެލް އިމްތިހާނުގައި ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ. އެގޮތުން އޭ ޕްލަސް އިން ފެށިގެން ސީ ގްރޭޑް ހޯދި ދަރިވަރުންގެ އަދަދު އިތުރުވެފައިވާއިރު ޔޫ ގްރޭޑް ނުވަތަ އެއްވެސް މާއްދާއަކުން ފާސްނުވާ ދަރިވަރުންގެ އަދަދު ވަނީ ދަށްވެފަ އެވެ.

ސްޓްރީމް މާއްދާތަކުން ފާސްވި ނިސްބަތް 2015 އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު 7-10 ޕަސެންޓް މައްޗެވެ. އަދި އިހްތިޔާރީ މާއްދާތަކުން ފާސްވި ނިސްބަތް 15 ޕަސެންްޓް ވަނީ މަތިވެފަ އެވެ. މަޖުބޫރު މާއްދާތަކުގެ ގޮތުގައި ހިމެނޭ އިނގިރޭސި އާއި ހިސާބާއި އިސްލާމާއި ދިވެހި މާއްދާއިން ފާސްވި ނިސްބަތް ވެސް ކުރީ އަހަރުތަކަށް ވުރެ މައްޗެވެ.

ވަކިވަކި މާއްދާތަކަށް ބަލާއިރު ބިޒްނަސް ސްޓްރީމްގެ އެކައުންޓުން ދަރިވަރުން ފާސްވި ނިސްބަތް މަތިވި ނަމަވެސް، ބިޒްނަސް ސްޓަޑީޒް އިން ފާސްވި ނިސްބަތް ވަނީ 83 ޕަސެންޓުން 65 ޕަސެންޓަށް ދަށްވެފަ އެވެ.

ބިޒްނަސް ސްޓަޑީޒް ނޫން ހުރިހާ މާއްދާއަކުން ދަރިވަރުން ފާސްވި ނިސްބަތް އެހެން އަހަރުތަކަށް ވުރެ މައްޗެވެ.

- ފަސް ޕަސެންޓް ދަރިވަރުން އޭ ޕްލަސް ހޯދި. 2015 ގެ ނިސްބަތަކީ 3 ޕަސެންޓް

- 17 ޕަސެންޓް ދަރިވަރުން ވަނީ އޭ ގްރޭޑުން މަތި ހޯދާފައި

- 22 ޕަސެންޓް ދަރިވަރުން ބީ ގްރޭޑް ހޯދި. މިއީ ދެ ޕަސެންޓްގެ ކުރިއެރުމެއް

- އެއްވެސް މާއްދާއަކުން ފާސްނުވާ ކުދިންގެ އަދަދު 4.6 ޕަސެންޓް. 2015 ގައި 11 ޕަސެންޓް

- ސައިންސް ސްޓްރީމްގެ މާއްދާތަކުން ފާސްވި ނިސްބަތް 10 ޕަސެންޓް މަތި

- އެކައުންޓުން ފާސްވި ނިސްބަތް 15 ޕަސެންޓް މަތި

- ހިސާބާއި އިނގިރޭސިން ފާސްވި ނިސްބަތް 10 ޕަަސެންޓް މަތި

ތަފާސްހިސާބުތަކަށް ބަލާއިރު، އޯ ލެވެލްގައި ތިން މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު ވެސް މިދިޔަ އަހަރު މައްޗެވެ. އެގޮތުން 2015 ގައި 63.7 ޕަސެންޓް ދަރިވަރުން ތިން މާއްދާއިން ފާސްވި އިރު، މިދިޔަ އަހަރު އެ ނިސްބަތް 79 ޕަސެންޓަށް ވަނީ މައްޗަށް ގޮސްފަ އެވެ.

ނަތީޖާއާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ މި އަހަރު އޯލެވެލް އާއި އެސްއެސްސީން ދަރިވަރުން ހޯދީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި ހާއްސަކޮށް، ތިން މާއްދާއަށް ވުރެ ގިނައިން ދަރިވަރުން ފާސްވި ނިސްބަތް މަތިވުން ފާހަގަކޮށްލަން ޖެހޭ ކަމަށެވެ.

"ތިން މާއްދާއަށް ވުރެ ގިނައިން ފާސްވެއްޖެ ނަމަ އެ ދަރިވަރަކަށް އެބަ ބީ ޓެކް އޭލެވެލް ފަދަ ފުރުސަތުތަކެއް އެބަ ލިބޭ. އެހެންވެ، އެ ނިސްބަތް މަތިވުމަކީ ގިނަ ކުދިންތަކަކަށް މަތީ ތައުލީމު ހޯދުމަށް ލިބުނު ފުރުސަތެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އެއްވެސް ކުއްޖަކު ބާކީ ނުކުރުމަށް ތައުލީމީ ދާއިރާއިން ގެންގުޅޭ ސިޔާސަތުގެ ދަށުން މިދިޔަ އަހަރު 3،000 އަށް ވުރެ ގިނަ ދަރިވަރުންނަށް ވަނީ މަސައްކަތާއި ތަމްރީނު ހޯދުމުގެ ފުރުސަތު ދީފަ އެވެ. މީގެ ކުރިން ދަރިވަރުންގެ އަދަދު އުޅެނީ 1000-1500 އާ ދޭތެރޭގަ އެވެ.

އޯލެވެލް އިމްތިހާނުގައި މިދިޔަ އަހަރު 5410 ދަރިވަރުން ބައިވެރިވި އިރު 2015 ގައި އެ އިމްތިހާން ހެދީ 5272 ދަރިވަރުންނެވެ.