އީދު ބަންދުން އެއް ދުވަސް މަދުކޮށް މި މަހު 24 ގައި ސްކޫލްތައް ހުޅުވަނީ
އީދު ބަންދުން އެއް ދުވަސް މަދުކޮށް މި މަހު 24 ގައި ސްކޫލްތައް ހުޅުވަނީ

ފިތުރު އީދު ޗުއްޓީން އެއް ދުވަސް މަދުކޮށް އޭޕްރިލް 24 ގައި ސްކޫލްތައް ހުޅުވަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެކެޑެމިކް ކަލަންޑަރުގައި މީގެ ކުރިން އޮތް ގޮތުން އީދު ބަންދާ ގުޅިގެން މި މަހު 23 އާއި 24 ވެސް ސްކޫލް ބަންދެވެ. އަދި ސްކޫލް އަލުން ހުޅުވުން އޮތީ 25 ގަ އެވެ.

ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން މިއަދު އެކަން ބަދަލު ކުރުމަށް ފަހު އަލުން އާންމުކުރި އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުން ބަންދުވަނީ ހަމައެކަނި 23 ވާ އާދީއްތަ ދުވަހު އެވެ. އަދި 24 ގައި ސްކޫލްތައް އަލުން ހުޅުވޭނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މި ބަދަލު ގެންނަން ނިންމި ސަބަބެއް ނުބުނެ އެވެ. އެކަމާ ގުޅޭ ގޮތުން އެ މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވެ އެވެ.