މާލެ ސަރަހައްދުގައި ކޮވިޑް ޖެހޭ މީހުން އިތުރުވަނީ
މާލެ ސަރަހައްދުގައި ކޮވިޑް ޖެހޭ މީހުން އިތުރުވަނީ

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރު ވަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ހުރީ އެއް ވަރެއްގައި ހިފެހެއްޓިފަ އެވެ.

އެކަމަކު، އެޗްޕީއޭ އިން އިއްޔެ އާންމުކުރި ކޮވިޑްގެ ހިސާބުތަކަށް ބަލާއިރު، މި މަހުގެ މިހާތަނަށް 84 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ. ގިނައީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ.

އެޗްޕީއޭގެ ހިސާބުތަކުގައިވާ ގޮތުން މާލެ ސަރަހައްދުން 73 މީހަކަށް ކޮވިޑް ޖެހިފައިވެ އެވެ. ސިނާއީ މަސައްކަތްކުރާ ރަށްތަކުން 11 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އެ މީހުންގެ ތެރެއިން 17 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

މިދިޔަ މަހުގެ ފަހު ހަފުތާގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 39ގަ އެވެ.

ރާއްޖެއިން މިހާތަނަަށް ޖުމްލަ 185،894 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. މި ބަލީގައި 311 މީހަކު ވަނީ މަރުވެފަ އެވެ.