ޖޭމީ އޮލިވާގެ ކައިވެނީގެ ހަފްލާއެއް ރާއްޖޭގައި
ޖޭމީ އޮލިވާގެ ކައިވެނީގެ ހަފްލާއެއް ރާއްޖޭގައި

އިނގިރޭސިވިލާތުގެ ސެލެބްރިޓީ ޝެފް ޖޭމީ އޮލިވާގެ "ވެޑިން ރިނިއުވަލް" ހަފްލާ ރާއްޖޭގައި ބާއްވައިފި އެވެ.

ޖޭމީ އޮލިވާގެ ކައިވެނީގެ ހަފްލާއެއް ރާއްޖޭގައި
ޖޭމީ އޮލިވާގެ ކައިވެނީގެ ހަފްލާއެއް ރާއްޖޭގައި

ޖެމީގެ މި ހަފްލާ ރާއްޖޭގައި ބޭއްވީ، އޭނާގެ އަންހެނުން ޖޫލްސްއާ ކައިވެނިކޮށްގެން އުޅޭތާ 23 އަހަރު ފަހުންނެވެ.

އެ ހަފްލާގެ ފޮޓޯތަކެއް އިންސްޓަގްރާމުގައި ޝެއާކުރަމުން ޖޭމީ ބުނީ ކައިވެނި އާކުރަން ނިންމީ އެ މީހުންގެ ދަރިން ބޮޑުވެ އެ މީހުންނާ ވަކިން އުޅެން ފެށުމުގެ ކުރިން ކަމަށެވެ.

ޖެމީ އާއި ޖޫލްސްގެ ދުވަސްވީ ކައިވެންޏަށް ފަސް ދަރިން ލިބިފައިވެ އެވެ. އޭނާގެ އެންމެ ދޮށީ ދަރިއަށް 21 އަހަރު ވެފައިވާއިރު، އެންމެ ހަގަށް ހުންނަނީ ހަ އަހަރުގެ ކުއްޖެކެވެ.

"ރާއްޖެއަށް އައުމަކީ އަހަރަމެން އަބަދުވެސް ދެކެމުން އައި ހުވަފެނެއް. އުންމީދުކުރި ގޮތަށް މިއީ ވަރަށް ތަފާތު ތަނެއް، ވަރަށް ވެސް ފުރިހަމަ،" ރާއްޖެއައިސް އެމީހުން ތިބި ސޮނެވާ ފުށި ރިސޯޓުގެ ޓީމަށް ޝުކުރު އަދާކުރަމުން ޖޭމީ ލިޔެފައިވެ އެވެ.

ޖޭމީ ބުނީ އެމީހުންގެ ފުރަތަމަ ކައިވެނީ ހަފްލާ ބޭއްވީ ވަރަށް ސިއްރުން ކަމަށާއި އެއީ ކުޑަ ހަފްލާއެއް ކަމަށެވެ. އެހެންވެ، މިފަހަރު ބޭނުންވީ އޭނާގެ ފޭނުންނަށް އާ ހަފްލާގެ މަންޒަރުތައް ދައްކާލަން ކަމަށް އޭނާ ބުންޏެވެ.

ޖޭމީ އަކީ ކައްކާ ޝޯތައް ހުށަހަޅައިދިނުމާއި، ގިނަ އަދަދެއްގެ ރެސިޕީ ފޮތްތައް ލިޔެގެން މަގްބޫލުކަން ހޯދި މީހެކެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ކައްކާ ޝޯ "ދަ ނޭކެޑް ޝެފް" އިންނެވެ.