ގިނަ ބައެއްގެ މަގްބޫލުކަން ހޯދި "ޕުޝްޕާ" ފިލްމުގެ ދެވަނަ ބައިގެ ފުރަތަމަ ޕޯސްޓަރާއެކު ޓްރެއިލާ ދައްކާލައިފި އެވެ.

ޓީ-ސީރީޒް އިން މިދިޔަ ހުކުރު ދުވަހު ޕްރިމިއާކުރި "ޕުޝްޕާ 2: ދަ ރޫލް" ގެ ޓްރެއިލާ، މިހާތަނަށް ވަނީ 34 މިލިއަނަށް ވުރެ ގިނަ މީހުން ބަލައިފަ އެވެ.

އެ ފިލްމުގެ ލީޑު އެކްޓަރު އައްލު އަރްޖުންގެ ސޯޝަލް މީޑިއާގައި ޝެއާކުރި "ޕުޝްޕާ 2" ގެ ޕޯސްޓަރުގައި އޭނާ ހުރީ ސާރީއަކާ އެކު ގިނަ ގަހަނާތަކެއް އަޅައިގެން، ތަފާތު މޭކަޕަކާ އެކު އެވެ.

ފުރަތަމަ ބައި ވެސް ޑައިރެކްޓުކުރި ސުކުމާރު، ޑައިރެކްޓުކުރާ ދެ ވަނަ ބައިގައި، ލީޑުރޯލުތަކުން ފެންނާނެ އެކްޓަރުންނަކީ އައްލުގެ އިތުރުން ރަޝްމިކާ މަންޑަންނާ އަދި ފަހަދް ފާސިލް އެވެ.

ތަމަޅަ ފިލްމު "ޕުޝްޕާ؛ ދަ ރައިސް" އަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ. އެގޮތުން، 2021 ވަނަ އަހަރު ނިކުތް އެ ފިލްމަށް ވަނީ ބޮކްސްއޮފީހުގައި ޖުމްލަ 42 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބި، އެ އަހަރުގެ އެންމެ ބޮޑު އާމްދަނީއެއް ހޯދި އިންޑިއާ ފިލްމުގެ ރެކޯޑުހޯދާފަ އެވެ.