އުރީދޫގެ ހަދިޔާ ފޮށީގައި އަދިވެސް އަގުހުރި އިނާމުތަކެއް!
އުރީދޫގެ ހަދިޔާ ފޮށީގައި އަދިވެސް އަގުހުރި އިނާމުތަކެއް!

މި އަހަރުގެ ރޯދަ މަހަށް އުރީދޫގެ އެޕް މެދުވެރިކޮށް ތައާރަފްކުރި ހަދިޔާ ފޮށިން އަދިވެސް އަގުހުރި އިނާމުތަކެއް ހޯދޭނެ ކަމަށް އުރީދޫން ބުނެފި އެވެ.

އުރީދޫން ބުނި ގޮތުގައި މި އަހަރު އެ ކުންފުނިން ރޯދަ މަހަށް ހިޔާރު ކުރި ތީމް "ހަދިޔާ"ގެ ދަށުން ތައާރަފް ކުރި "ހަދިޔާ ފޮށި" ގޭމަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އަދި މި ހަދިޔާ ފޮށީގައި ހިމެނޭ އައިފޯން 14 ޕްރޯއެއް ކަސްޓަމަރަކަށް މިހާރު ލިބިފައި ވާއިރު ކުރިއަށް އަދިވެސް އަގުހުރި އިނާމުތަކެއް އެބަހުރި ކަމަށް އެ ކުންފުނިން ބުންޏެވެ.

ހަދިޔާ ފޮށީގައި ހިމެނޭ އިނާމުތަކުގެ ތެރޭގައި ސްކޫޕީ ސައިލް، އައިޕެޑް، އެއާ ޕޮޑްސް، ލެޕްޓޮޕް، ސްމާޓް ޓީވީ ފާހަގަ ކޮށްލެވެ އެވެ. އަދި ރޯދަ މަހު ގޭގޭގައި އާއްމުކޮށް ބޭނުންކުރާ އެކި އެޕްލަޔަންސްތައް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ޖޫސާ، ވެކިއުމް ކްލީނާ، ފުޑް ޕްރޮސެސާ ފަދަ އިނާމުތައް ވެސް ހިމެނެ އެވެ.

އުރީދޫއިން ބުނި ގޮތުގައި ހަދިޔާ ފޮށީގައި އަގުހުރި ބައެއް އިނާމްތަކުގެ އެއް އިނާމު ހިމަނާފައި ވާއިރު، ގިނަ އިނާމުތަކުގެ އެއް އިނާމަށް ވުރެ ގިނަ އިނާމު ހިމެނޭނެ އެވެ. އުރީދޫއިން ބުނީ ކަސްޓަމަރުންނަށް އަދިވެސް އައިފޯން 14 ޕްރޯއާ އިތުރު އިނާމުތައް ލިބުމުގެ ފުރުސަތު ރޯދަ މަސް ނިމުމުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

އުރީދޫގެ "ހަދިޔާ ފޮށި" ގޭމު ކުޅެވޭނީ އުރީދޫ އެޕުންނެވެ. އެޕް މެދުވެރިކޮށް ކޮންމެ 24 ގަޑިއިރަކުން އެއް ފަހަރު "ހަދިޔާ ފޮށި" ހުޅުވޭނެ އެވެ. އެ ފޮށިން ކޮންމެ ދުވަހަކު ވެސް ޑޭޓާ ނުވަތަ އަގުހުރި އިނާމެއް ކަސްޓަމަރުންނަށް ލިބޭނެ އެވެ.