މަނަދޫގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
މަނަދޫގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

ނ. މަނަދޫގެ ގެއެއްގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ މަނަދޫގައި އެކަނި ދިރިއުޅެމުންދިޔަ 62 އަހަރުގެ އަންހެނެއްގެ ހަބަރެއްގެ ނުވެގެން އެ އާއިލާއިން ފުލުހަށް ރިޕޯޓްކުރީ މިއަދު އިރުއޮއްސެން އުޅެނިކޮށް ކަމަށެވެ.

އެ ރިޕޯޓާ ގުޅިގެން އޭނާ ދިރިއުޅޭ ގެއަށް ގޮސް، ކޮޓަރީގެ ދޮރު ވައްޓާލައިގެން އެތެރެއަށް ވަތްއިރު އޭނާ ބިންމަތީގައި މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.