07 އެޕްރީލް 2023 - 01:05

އެޗްޑީސީން ކުރި ޓުވީޓެއްގައި ބުނީ، ބެލްކަނީގައި ހުރި ކުނިތަކެެެއްގެ މައްޗަށް ނިއްވާނުލައި މީހަކު އެއްލައިލި ސިނގިރިޓް ފިލްޓަރެެއްގެ ސަބަބުން ކަމަށް ޝައްކު ކުރެވޭ ކަމަށް. އެހެންވެ، އެފަދަ ކަންކަން ނުކުރުމަށް އެޗްޑީސީން ނަސޭހަތްތެރިވި.

އަލިފާން ނިއްވާލުމާ އެކު، މިހާރު ވަނީ ފްލެޓްތަކަށް އަލުން މީހުން ވަންނަން ފަށާފައި.

ސިފައިން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ރޯވީ ބެލްކަނީގައި. ބެލްކަނީގައި ހުރި ތަކެއްޗާއެކު ވަނީ ވަރަށް ބޮޑަށް އަނދައި ހުލިވެފައި.
އެމްއެންޑީއެފުން ބުނީ ރޯވީ އެޗް 5 ގެ 17 ވަނަ ފްލޯގައި ކަމަށް. މި ހާދިސާގައި އެއްވެސް މީިހަކަށް ގެއްލުމެއް ނުލިބޭ ކަމަށް ވަނީ މައުލޫމާތު ލިބިފައި.
ހިޔާގެ އެޕާޓްމަންޓްގައި ހިނގި އަލިފާންގަނޑު ނިއްވާލައިފި. މީހަކަށް ގެއްލުމެއް ނުލިބޭ.
ހުޅުމާލެ ހިޔާ ފްލެޓެއްގެ އެޕާޓްމެންޓެއްގައި މިރޭ ރޯވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ރޯވީ ހިޔާގެ ފަސް ވަނަ ޓަވަރުގެ 17 ވަނަ ބުރީގެ ދެވަނަ ފްލެޓްގަ އެވެ.
ފްލެޓްގައި ރޯވި އަލިފާންގަނޑު ވަނީ ދޮރުތަކުން ވެސް ބޭރަށް ނުކުމެފަ އެވެ. އަދި ސަލާމަތްކަން ހޯދަން އެ ފްލެޓް ޓަވަރުގައި އުޅޭ އެތައް ބަޔަކު ވަނީ ބޭރަށް ވެސް ނުކުމެފަ އެެވެ.