ތިން މަސް ތެރޭ އަރަބިއްޔާއަށް ރަނގަޅު ބަދަލުތަކެއް ގެނެވިއްޖެ: ޕްރިންސިޕަލް
ތިން މަސް ތެރޭ އަރަބިއްޔާއަށް ރަނގަޅު ބަދަލުތަކެއް ގެނެވިއްޖެ: ޕްރިންސިޕަލް

ވޭތުވެދިޔަ ތިން މަސް ތެރޭ އަރަބިއްޔާ ސްކޫލަށް ރަނގަޅު ބަދަލުތަކެއް ގެެނެވިފައިވާ ކަމަށް އެ ސްކޫލު ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕްރިންސިޕަލް ހުސައިން ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ތިން މަސް ތެރޭ އަރަބިއްޔާއަށް ރަނގަޅު ބަދަލުތަކެއް ގެނެވިއްޖެ: ޕްރިންސިޕަލް
ތިން މަސް ތެރޭ އަރަބިއްޔާއަށް ރަނގަޅު ބަދަލުތަކެއް ގެނެވިއްޖެ: ޕްރިންސިޕަލް

ޗާންދަނީ މަގުގައި ހުރި އަރަބިއްޔާގެ އިމާރާތުގައި ރެނދުލައި، ޝަކުވާ ބޮޑުވުމުން ވަގުތީ ހައްލެއް ގޮތުން، ކުރިން ފޮރިން މިނިސްޓްރީ ހިންގި، ސޯމިލް ކޮށީގައި އަރަބިއްޔާގެ ކިޔެވުން ފެށި ނަމަވެސް ކުދިން ކުޅެން ޕްލޭ ގްރައުންޑާއި ލައިބްރަރީ އާއި ލެބޯޓްރީ ވެސް ނެތުމުން ޝަކުވާތަކަށް ނިމުމެއް ނާދެ އެވެ.

ތިން މަސް ތެރޭ އަރަބިއްޔާއަށް ރަނގަޅު ބަދަލުތަކެއް ގެނެވިއްޖެ: ޕްރިންސިޕަލް
ތިން މަސް ތެރޭ އަރަބިއްޔާއަށް ރަނގަޅު ބަދަލުތަކެއް ގެނެވިއްޖެ: ޕްރިންސިޕަލް

އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ކަން ވެސް ކުރައްވާ ހުސެއިން ސައީދު "މިހާރު" އަށް ވިދާޅުވީ އޭނާ އަރަބިއްޔާ ސްކޫލާ ހަވާލުވެވަޑައިގަތުމަށް ފަހު ހިދުމަތްތަކުން ރަނގަޅު ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ލައިބްރަރީ އާއި ލެބޯޓްރީ ހަދައި ކްލާސްރޫމްތަކުގައި ޓީވީ ވެސް ބަހައްޓާފައިވާ ކަމަށެވެ.

އޭގެ އިތުރުން ގަދަ 10 ގައި އެ ސްކޫލުގެ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް އޮތް އުސޫލު ބަދަލުކުރުމާއި އެ ސްކޫލްގެ ދަރިވަރުންނަށް ރައީސްގެ ސްކޮލާޝިޕް ހުއްޓިފައި އޮތުމުން އެކަން ވެސް ފަށައި ދަރިވަރުންނަށް ލިބޭނެ ގޮތް މިހާރު ހަމަޖައްސާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

"ސްކޫލުން ރައީސް އޮފީހަށް ފޮނުވަން ޖެހޭ ބައެއް މައުލޫމާތު ނުފޮނުވި ހުރުމުން ދެ އަހަރު ވެއްޖެ ރައީސް ދެއްވާ ސްކޮލާޝިޕް މި ސްކޫލުގެ ދަރިވަރުންނަށް ނުލިބޭތާ. އަޅުގަނޑު މިހާރު ވާނީ އެ ހުރިހާ މައުލޫމާތެއް ފޮނުވާފައި،" އޭނާ ވިދާޅުވި އެވެ.

ސްކޮލަޝިޕް ނުލިބި ދިޔަ ދެ އަހަރުގެ ސްކޮލާޝިޕްތައް ލިބޭނެ ކަމަށް ރައީސް އޮފީހުން ބުނެފައިވާ ކަމަށާއި މިހާރު އެއް އަހަރުގެ ސްކޮލާޝިޕް ލިބިފައިވާ ކަމަށް ސައީދު ވިދާޅުވި އެވެެ.

ގަދަ 10 ގައި ބައިވެރި ނުވެވޭ ކަމަކީ އެ ސްކޫލުގެ ބެލެނިވެރިން އަބަދުވެސް ކުރަމުން އައި ޝަކުވާއެކެވެ. އޭލެވެލް އަދި އޯލެވެލް ކިޔަވައިދެމުން އަންނަ އެ ސްކޫލުގައި ގަދަ 10 ނުހޮވި ނަމަވެސް ސްކޫލުގެ އެންމެ މޮޅު ދަރިވަރުން ކޮންމެ އަހަރަކު ވެސް ހޮވަ އެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ކުރީގެ ޖަމާލުއްދީން ސްކޫލް ހުރި ބިމުގައި ހަދަން ވަނީ ނިންމައިފަ އެވެ. އެ މަސައްކަތް ފަށަން ބިން ހުސްކުރުމުގެ ގޮތުން ޖަމާލުއްދީންގެ ބާ އިމާރާތް ތަޅާލަން ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ. އެ މަސައްކަތް މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ފެށި ނަމަވެސް އަދި ވެސް އެތަން ތަޅާލައި ނުނިމެ އެވެ.