ޗޯކާ ފަށް އެނބުރި އަތުވެއްޖެ
ޗޯކާ ފަށް އެނބުރި އަތުވެއްޖެ

އަންހެނުން 90ގެ ތެރޭގައި ނަގާފައިވާ ފޮޓޯތަކަށް ބަލައިފި ނަމަ، ފަށެއް ގޮތަށް އަޅާފައި އޮންނަ އެއްޗެއް ފާހަގަ ވާނެ އެވެ. އެއީ ޗޯކާއެކެވެ. ކަޅު މަހުމާ ނުވަތަ ކޯޑުން ހަދާފައިވާ، ކަރަށް ވާންކޮށް ހުންނަ މި ފަށުގެ ވައްތަރު އަނެއްކާވެސް ޒަމާނީ ސްޓައިލަކަށްވެއްޖެ އެވެ.

ޗޯކާ ފަށް އެނބުރި އަތުވެއްޖެ
ޗޯކާ ފަށް އެނބުރި އަތުވެއްޖެ

ޑިއޯ، ވެލެންޓީނޯ އަދި ލަންވާން ފަދަ ބޮޑެތި ބްރޭންޑްތަކުގެ ރަންވޭ މަތިން މިދިޔަ އަހަރު އެންމެ ގިނައިން ފެނުނު ގަހަނާ އަކީ ޗޯކާ އެވެ. މިއަހަރުވެސް ޗޯކާ ޓްރެންޑް އަކީ މޮޑެލްއިންނާއި އެކްޓްރެސް އިން އަދި އާއްމުންގެ ތެރޭގައި މަގުބޫލު ގަހަނާއެކެވެ. އެންމެ ފަހުގެ ރެޑް ކާޕެޓްތަކުގެ ފޮޓޯތަކުން ނުވަތަ ފެޝަން ބްލޮގަރުންގެ އިންސްޓަގްރާމް ފޮޓޯތަކުން ވެސް ޗޯކާއެއް އަޅާލައިގެން ހުންނަ މީހަކު ނުފެނުމަކީ ނާދިރު ކަމެކެވެ.

ޗޯކާ ފަށް އެނބުރި އަތުވެއްޖެ
ޗޯކާ ފަށް އެނބުރި އަތުވެއްޖެ

ޗޯކާ އަކީ އަޅާލަން ވަރަށް ފަރި ފަށަކަށްވެފައި، ގިނަ ވައްތަރުގެ ހެދުންތަކާ ގުޅޭ ފަށެކެވެ. މަހުމާ އާއި މިނާ އިން ޖަރީކޮށް މާ ޖަހާފައި ނުވަތަ ކޯޑު ފަދަ އެކި ވައްތަރުގެ މެޓީރިއަލުން އަދި ތަފާތު ސްޓައިލްތަކުން ލިބެން ހުންނަ ޗޯކާ އެމީހެއްގެ އަމިއްލަ ސްޓައިލަކާ ގުޅުވާލައިގެން އަޅާލެވިދާނެ އެވެ.

އައްސާލާ ވައްތަރުގެ ޗޯކާ އަކީ މިހާރު އެންމެ ފަހުގެ ސްޓައިލިޝް ވައްތަރެވެ. ކަޅު، މުށި ނުވަތަ ޕޭސްޓަލް ޕީޗު ކުލައިގެ ކޯޑު ޗޯކާ ގަމީހަކާ އެކު ނުވަތަ ޓޮޕަކާ އެކު ވެސް ގުޅުވާލުމުން ރީތި ވާނެ އެވެ. އާދައިގެ ޓީޝާޓެއް ނުވަތަ ހުދު ގަމީހެއް ލާފައި ކޯޑު ޗޯކާއެއް އައްސާލުމުން، ތައްޔާރުވެފައި ހުރި ގޮތް މުޅިން ތަފާތުވެ ޒަމާނީކޮށް ފެންނާނެ އެވެ.