ދިރާގުގެ "ގުޑިފެސްޓް" ކުޑަކުދިންގެ ސަމާލުކަން
ދިރާގުގެ "ގުޑިފެސްޓް" ކުޑަކުދިންގެ ސަމާލުކަން

މި ރޯދަމަހު ރާއްޖޭގެ އެކި ހިސާބުތަކުގައި "ގުޑިފެސްޓް"ގެ ނަމުގައި ދިރާގުން ފެށި ހަރަކާތައް ތަރުހީބު ބޮޑު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިރާގުގެ "ގުޑިފެސްޓް" ކުޑަކުދިންގެ ސަމާލުކަން
ދިރާގުގެ "ގުޑިފެސްޓް" ކުޑަކުދިންގެ ސަމާލުކަން

"ގުޑި ފެސްޓް"ގެ ފުރަތަމަ ހަރަކާތް ވަނީ މި ދިޔަ އާދިއްތަ ދުވަހު މާލޭގެ އުސްފަސްގަނޑު ސަރަހައްދުގައި ބާއްވައިފަ އެވެ. އެ ދުވަހު އެ ތަނަށް ވަރަށް ގިނަ ކުޑަކުދިން ގޮސް މުނިފޫހިފިލުވުމަށް ގުޑިއެރުވުމުގައި އުޅުނެވެ.

ދިރާގުގެ "ގުޑިފެސްޓް" ކުޑަކުދިންގެ ސަމާލުކަން
ދިރާގުގެ "ގުޑިފެސްޓް" ކުޑަކުދިންގެ ސަމާލުކަން

އާންމުކޮށް ވެސް ކޮންމެ ރޯދަމަހެއްގައި ކޮންމެ ދުވަހެއްގެ ހަވީރު ކުޑަކުދިންގެ މާލޭގައި ކުރާ އެއް ކަމަކީ ގުޑިއެރުވުމެވެ. މާލޭގެ އުސްފަސްގަނޑު ސަރަހައްދު ފުރިފައި އޮންނަނީ ރޯދަކުރުކުރުމަށް ގުޑިއަރުވާ ކުޑަކުދިންނާއި އެ ކުދިންގެ ބެލެނިވެރިނާ އެކު އެވެ.

ދިރާގުގެ "ގުޑިފެސްޓް" ކުޑަކުދިންގެ ސަމާލުކަން
ދިރާގުގެ "ގުޑިފެސްޓް" ކުޑަކުދިންގެ ސަމާލުކަން

ދިރާގުން ބުނި ގޮތުގައި، ގުޑިއެރުވުމުގެ ހަރަކާތެއް މާދަމާ ހުޅުމާލޭގައި އޮންނާނެ އެވެ. ކުރީގެ އެޗްޑީސީ ނުވަތަ ފަހުގެ ނަމުން ނަމަ އާބަންކޯއާ ގުޅިގެން ދިރާގުން ހުޅުމާލޭގައި ގުޑިފެސްޓް ބާއްވަނީ އިންޓާކަނެކްޝަން ބްރިޖް 4 ސަރަހައްދުގަ އެވެ.

ހުޅުމާލޭގެ އިތުރުން "ގުޑިފެސްޓް" އަތޮޅުތެރޭގެ ތިން ސަރަހައްދެއްގައި އަންނަ ހޮނިހިރު ދުވަހު ބާއްވާނެ ކަމަށް ދިރާގުން ބުންޏެވެ. އެއީ ހދ. ކުޅުދުއްފުއްޓާއި ބ. އޭދަފުށި އަދި އައްޑޫގަ އެވެ.

ދިރާގުން އެ ހަރަކާތް އެކި ރަށްރަށުގައި ކުރިއަށް ގެންދަނީ އެ ރަށެއްގެ ކައުންސިލާ ގުޅިގެންނެވެ.

ދިރާގުން ބުނީ، އެއީ ރޯދަމަހު ދިވެހިންގެ މެދުގައި އޮންނަ ގުޑިއެރުވުމުގެ ސަގާފަތް ދިރުވައި، ގުޑި އެރުވުމުގެ ފޯރި އިތުރުކުރުމަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

"ގުޑިފެސްޓް" އަކީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. އެ ހަރަކާތުގައި އެކި ވައްތަރުގެ ގުޑި އެރުވޭނެ އެވެ. ދިރާގުން އެ ހަރަކާތުގައި އެރުވުމަށް ގުޑި ހަދިޔާ ވެސް ކުރާނެ އެވެ.