06 އެޕްރީލް 2023 - 11:45

އީޓުކުރިން، ބަދިގެ ސާމާނު ވިއްކާ ސޯޝަލް މީޑިއާ ޕޭޖް، ބަދިގެ ސްޓޯރާ ގުޅިގެން ގިވްއަވޭއެއް ފަށައިފި އެވެ.
މި ގިވްއަވޭގައި ފޭސްބުކް އަދި އިންސްޓަގްރާމް މެދުވެރިކޮށް ބައިވެރިވެވޭނެ އެވެ.
ގިވްއަވޭގައި ބައިވެރިވުމަށް އީޓުކުރި އަދި ބަދިގެ ސްޓޯރުގެ ޕޭޖަށް ލައިކްކޮށް ފޮލޯކުރަން ޖެހޭނެ އެވެ. އަދި ގިވްއަވޭއަށް ހުޅުވާލާފައިވާ ޕޯސްޓަށް ލައިކުކޮށް، ޕޯސްޓު ޝެއާކުރުމަށް ފަހު، ތިން މީހެއް ޕޯސްޓުގައި ޓެގު ކުރަން ޖެހޭނެ އެވެ. ޕްރައިވެޓް އެކައުންޓުތަކުން ޕޯސްޓު ޝެއާ ކުރުމަށް ފަހު އޭގެ ސްކްރީންޝޮޓެއް ފޮނުވަން ޖެހޭނެ އެވެ.
ތިން މީހުން ޓެގުކޮށް ކުރާ ކޮންމެ ކޮމެންޓަކީ ވަކި އެންޓްރީއެކެވެ.
ގިވްއަވޭއަށް ހުޅުވާލާފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.
އީޓުކުރި ލޯކަލް މެދުވެރިކޮށް ވެސް ބަދިގެ ސްޓޯރުގެ ޕްރޮޑަކްޓުތައް ލިބޭނެ އެވެ. ބަދިގެ ސްޓޯރަކީ ފުޅާ ދާއިރާއެއްގައި ބަދިގެ ސާމާނު ވިއްކަމުންދާ އޮންލައިން ވިޔަފާރިއެކެވެ.