އޮރިޖިނަލް ކާސްޓާ އެކު "ޝްރެކް" އެނބުރި އަންނަނީ
އޮރިޖިނަލް ކާސްޓާ އެކު "ޝްރެކް" އެނބުރި އަންނަނީ

މަޝްހޫރު އެނިމޭޓެޑް ސީކުއެލް "ޝްރެކް" ގެ ފަސް ވަނަ ބައެއް، އޮރިޖިނަލް ކާސްޓާ އެކު ރިބޫޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިލުމިނޭޝަން ސްޓޫޑިއޯއިން ބުނެފި އެވެ.

އޮރިޖިނަލް ކާސްޓާ އެކު "ޝްރެކް" އެނބުރި އަންނަނީ
އޮރިޖިނަލް ކާސްޓާ އެކު "ޝްރެކް" އެނބުރި އަންނަނީ

"ވެރައިޓީ" ނޫހަށް ދިން އިންޓަވިއުއެއްގައި އިލުމިނޭޝަން ސްޓޫޑިއޯގެ ސީއީއޯ ކްރިސް މެލެޑޭންޑްރީ ބުނީ "ޝްރެކް 5" ގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި، ކުރީގެ މައިގަނޑު ހުރިހާ ކެރެކްޓާއެއް، އޮރިޖިނަލް ވޮއިސް އެކްޓަރާ އެކު އަނބުރާ އައުން އެކަށީގެންވާ ކަމަށެވެ.

އޮރިޖިނަލް ކާސްޓާ އެކު "ޝްރެކް" އެނބުރި އަންނަނީ
އޮރިޖިނަލް ކާސްޓާ އެކު "ޝްރެކް" އެނބުރި އަންނަނީ

މައިކް މާޔާސް އާއި ކެމެރަން ޑިއާޒް އަދި އެޑީ މާފީ ފަދަ "ޝްރެކް" ކެރެކްޓާތަކަށް އަޑުއެޅި އޮރިޖިނަލް ވޮއިސް އެކްޓަރުން އަނބުރާ އައުން ވާނީ ފިލްމު ބަލާ މީހުން އިތުރުވާނެ ކަމަކަށެވެ.

އޮރިޖިނަލް ކާސްޓާ އެކު "ޝްރެކް" އެނބުރި އަންނަނީ
އޮރިޖިނަލް ކާސްޓާ އެކު "ޝްރެކް" އެނބުރި އަންނަނީ

ފިލްމުގެ ޑޮންކީ އަށް އަޑުއަޅާފައިވާ މަޝްހޫރު އެކްޓަރު އެޑީ މާފީ ވަނީ "ޝްރެކް" ގެ އާ ފިލްމެއް ހަދާ ނަމަ އަޑުއަޅާނެ ކަމަށް ބުނެފަ އެވެ.

އޭގެ އިތުރުން، ޑޮންކީ ކެރެކްޓާއަށް ހާއްސަ ސްޕިން އޮފް އެއްވެސް އަތުވެދާނެ ކަމުގެ އިޝާރާތެއް މެލެޑޭންޑްރީގެ އިންޓަވިއުގައި ވަނީ ދީފަ އެވެ.

މިއީ ޝްރެކް ފްރަންޗައިޒްގެ ސްޕިން އޮފް އެއް އިއުލާނުކުރި ފުރަތަމަ ފަހަރެއް ނޫނެވެ. އޭގައި އުޅޭ ޕުސް އިން ބޫޓްސް ކެރެކްޓާގެ ހާއްސަ ދެ ފިލްމެއް ވަނީ ނެރެފަ އެވެ. އޭގެ ތެރެއިން މިދިޔަ އަހަރު ނިކުތް "ޕުސް އިން ބޫޓްސް: ދަ ލާސްޓް ވިޝް" އަށް ވަނީ ބޮޑު ތަރުހީބެއް ލިބި، އޮސްކާ ނޮމިނޭޝަނެއް ވެސް ލިބިފަ އެވެ.

"ޝްރެކް 5" ގެ މާބޮޑު ތަފްސީލެއް އަދި ހާމަނުކުރި ނަމަވެސް، އޮރިޖިނަލް ކެރެކްޓާތަކާއެކު އެނބުރި އައުމުގެ މަސައްކަތް ކުރާ ކަން މެލެޑަންޑްރީ ވަނީ ކަށަވަރުކޮށްދީފަ އެވެ.