ބާރަށް ދުއްވި ސައިކަލެއް މަޑުކުރަން އެންގުމުން ފިލަން އުޅެނިކޮށް ދެ ސައިކަލްގައި ޖެހި އެކްސިޑެންޓް ވެއްޖެ
ބާރަށް ދުއްވި ސައިކަލެއް މަޑުކުރަން އެންގުމުން ފިލަން އުޅެނިކޮށް ދެ ސައިކަލްގައި ޖެހި އެކްސިޑެންޓް ވެއްޖެ

ރޭ ދަންވަރު މާލޭގައި ބާރަށް ދުއްވި ސައިކަލެއް މަޑުކުރަން ފުލުހުން އެންގުމުން ވެސް މަޑުނުކޮށް ދަނިކޮށް އިތުރު ދެ ސައިކަލްގައި ޖެހި އެކްސިޑެންޓުވެއްޖެ އެވެ.

ބާރަށް ދުއްވި ސައިކަލްގައި ތިބި ދެ މީހުން ވަނީ އެ ވަގުތު ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުތައް ހިނގީ ރޭ ފުލުހުން މާލެތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް 1:00 ހާއިރު ގަޑިބުރު ކައިރިން ބާރު ސްޕީޑެއްގައި ދުއްވާފައިދިޔަ ސައިކަލެއް މަޑުކުރަން އެންގުމުން ވެސް މަޑުނުކޮށް ދަނިކޮށް ކަމަށެވެ.

މަޑުކުރަން އެންގުމުން ވެސް މަޑުނުކޮށް ދަނިކޮށް އިތުރު ދެ ސައިކަލެއްގައި ޖެހުނީ ނަލަހިޔާ ކައިރިން ކަމަށް ފުލުހުން ބުންޏެވެ. އެކްސިޑެންޓް ވުމުން ވެސް ފިލަން މަސައްކަތްކުރި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ސައިކަލުގައި ތިބި ދެ މީހުން ވެސް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށާއި ސައިކަލު ދުއްވަން އިނީ ލައިސަންސް ނެތް މީހެއް ކަމަށެވެ.