ގޭމަރުންނަށް ގިޒްމޯއިން ޕޭޓްރިއޮޓް ބްރޭންޑުގެ ޕްރޮޑަކްޓުތަކެއް
ގޭމަރުންނަށް ގިޒްމޯއިން ޕޭޓްރިއޮޓް ބްރޭންޑުގެ ޕްރޮޑަކްޓުތަކެއް

ގޭމަރުންނަށް ހާއްސަކޮށް ގިޒްމޯއިން ޕޭޓްރިއޮޓް ބްރޭންޑުގެ ވައިޕާ ގޭމިން ކީބޯޑާއި މައުސް އަދި ހެޑްފޯންސް ތައާރަފްކޮށްފި އެވެ.

މި ޕްރޮޑަކްޓުތައް އަލަށް ތައާރަފްކުރުމާ ގުޅިގެން ބަންޑަލްކޮށް އެ ޕްރޮޑަކްޓުތައް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް ހާއްސަ އޮފާއެއް ގިޒްމޯއިން ވަނީ ހުށަހަޅައިފަ އެވެ. ގިޒްމޯއިން ބުނި ގޮތުގައި ކީބޯޑާއި މައުސް އަދި ހެޑްފޯންސް އެއްކޮށް ގަންނަ ކަސްޓަމަރުންނަށް މި ޕްރޮޑަކްޓުތައް ހިމެނޭ ބަންޑަލް 2،695ރ. އަށް ލިބޭނެ އެވެ.

ގިޒްމޯއިން ބުނި ގޮތުގައި އަލަށް ތައާރަފުކުރި ޕޭޓްރިއޮޓް ވައިޕާ ވީ765 ކީބޯޑަކީ ޓޮމްޝާޑްވެއާ އިން ބެސްޓް ކީބޯޑުގެ މަގާމު ތިން އަހަރު ލިބިފައިވާ ކީބޯޑެކެވެ. ގޭމަރުންގެ އިތުރުން ގިނައިން ޓައިޕް ކުރަން ޖެހޭ މީހުންނަށް މިއީ ޓައިޕްކުރުމަށް ފަސޭހަ ކީބޯޑަކަށް ވާނެ ކަމަށް ވެސް ގިޒްމޯއިން ބުންޏެވެ. މި ކީބޯޑުގައި ކަސްޓަމައިޒް ކުރެވޭ އާރްޖީބީ ފީޗާއިން ކީބޯޑުގެ ކުލަތައް ބޭނުން ގޮތަކަށް އެޖަސްޓް ކުރެވޭނެ އެވެ.

އަލަށް ތައާރަފް ކުރި ޕޭޓްރިއޮޓް ވައިޕާ ވީ570 އާރްޖީބީ މައުސްއާ ގުޅޭ ގޮތުން ގިޒްމޯއިން ބުނީ އެ މައުސް އަކީ ގޭމް ކުޅުމުގައި ގިނަ ވަގުތު ހޭދަކުރާ މީހުންނަށް ހާއްސަކޮށް، އުނދަގުލެއް ނެތި ގިނަ އިރު ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މައުސްއެއް ކަމަށެވެ. އެ މައުސްގެ ޔުނީކް އެފްޕީއެސް އާއި އެމްއެމްއޯ ހައިބްރިޑް ޑިޒައިންގެ ސަބަބުން މިއީ ގިނަ ގޭމުތަކެއް ކުޅުމުގައި ބޭނުން ކުރެވޭނެ މައުސް އެކެވެ. އަދި އޭގައި ހިމެނޭ ސްނައިޕާ ބަޓަނުގެ ސަބަބުން އެފްޕީއެސް ގޭމުތަކުގައި އެޑްވާންޓޭޖް ލިބޭނެ ކަމަށް ގިޒްމޯއިން ބުނެ އެވެ.

ގިޒްމޯއަށް ތައާރަފްކުރި ޕޭޓްރިއޮޓް ވައިޕާ ވީ380 އާރްޖީބީ ހެޑްފޯނަކީ 7.1 ވާޗުއަލް ސަރައުންޑް ސައުންޑު ހިމެނޭ ހެޑްފޯނެކެވެ. ގިޒްމޯ އިން ބުނީ އެ ހެޑްފޯނުން އަޑު ސާފުވާނެ ކަމަށާއި ފީޑްބެކް ނާރާނެ ކަމަށެވެ. އަދި މިއީ އިން ގޭމް ކޮމިއުނިކޭޝަނާއި ސައުންޑް ކިއުތައް އިތުރު ހަރުފަތަކަށް ގެންދާނެ ހެޑްފޯނެއް ކަމަށް ވެސް ބުންޏެވެ.

ގިޒްމޯއިން ބުނީ ޕޭޓްރިއޮޓް ބްރޭންޑުގެ އާ ޕްރޮޑަކްޓުތަކަކީ ސީރިއަސް ގޭމަރުންނަށް މުހިންމު ޕްރޮޑަކްޓުތަކެއް ކަމަށެވެ. އަދި އެ ޕްރޮޑަކްޓުތަކުގެ ސަބަބުން ގޭމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ވެސް ބުންޏެވެ.